ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުއަށް ފާސް މާސްކްސް ރައީސް ޔާމީނަށް ދެވެން އޮތީ ކަނޑުގެ މައްސަލަ ހައްލު ކުރުމުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރިއިރު އަރިހުގައި މުއިއްޒު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ ޕްރޮޖެކްޓުތައް އޭގެ އަމިއްލަ ޒާތުގައި ކުރިއަރައިގެން ދާނެކަމަށާއި، މުހިންމީ ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުންކަމަށް ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީންގެ ބަންދަށް ބައެއް ލުއިތައް ވަނީ ލިބިފަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ފަހު ގޭބަންދަށް ބަދަލު ކުރިފަހުން ދެން ދިން އިތުރު ލުއިތަކުގެ ތަފްސީލެއް އަދި ކަރެކްޝަނުން ވެސް ހާމައެއް ނުކުރެ އެވެ.

ދެވަނަ ފަހަރަށް ޕީޕީއެމް/ޕީއެންސީ އޮފީހަށް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލު ކުރިއިރު ކަރެކްޝަނުން ހަމައެކަނި ބުނީ އިގުރާރާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ ތަފްސީލަށް އެދުމުން ވެސް މައުލޫމާތު ދިނުމަށް ކަރެކްޝަނުން ދެކޮޅު ހަދަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުން އެޖެންޑާގައި ނެތް ނަމަވެސް ރައީސް ޔަމީން ޕޯޑިއަމަށް އަރާވަޑައިގެން ވިދާޅުވީ ޕާޓީގެ ވަލީއްޔުލްއަމްރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަނީ ލިބުނު ލުއިތަކެއްގެ ތެރެއިން ކަމަށެވެ.

ޖަލު ހުކުމެއްގައި ހުންނަވައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ޔާމީންގެ ފާޑުކިއުން އަމާޒުވީ އެމްޑީޕީއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ދެވަނަ ދައުރަކަށް ވާދަކޮށް، އެމަނިކުފާނަށް ނާކާމިޔާބީ ކުރިމަތިލާން ޖެހުނު އިންތިހާބު އެމަނިކުފާނު އަދިވެސް ސިފަ ކުރަނީ ލިބުނުކަމަށް ބުނާ ވޯޓުގެ އަދަދަކީ އަސްލު ނަމްބަރުތަކެއް ނޫންކަމަށެވެ.

ދެވަނަ ފަހަރަށް ޕާޓީއަށް ލިބުނު މިވެރިކަމުގައި ބަލަން ޖެހޭ މައްސަލަތައް ގިނަކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ލިސްޓެއް ވެސް ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ވެސް ހިމެނެނީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލަ އެވެ. އެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި މައްސަލަ ނިމިގެން ދިޔައީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގެއްލުން ވާގޮތަށެވެ. ރާއްޖެއަށް ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ގެއްލުނީ، މި ސަރުކާރުގެ އިހުމާލާއި ރަނގަޅު ސްޓޭންޑެއް ނުނެގުމުގެ ސަބަބުންކަމަށް ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ސަރަހައްދު އަނބުރާ ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ ކަމާށެވެ.

މި މައްސަލަ ބެލުމަށް އިންތިހާބީ ރައީސަށް ގޮވާލައި، އެކަން މުހިންމުވާ ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވީ ތަރައްގީގެ ޕްރޮޖެކްޓުތަކަކީ އޭގެ ޒާތުގައި އަމިއްލައިން ވެސް ކުރިޔަށް ދާނެ މަޝްރޫއުތަކަށް ވާތީ އެވެ. އެހެންކަމުން އިސްކަން ދޭން ވީ، މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ދެ މައްސަލަ ހައްލުވެއްޖެއްޔާ އަޅުގަނޑަށް ފުދޭ.. އެވަރުން އަޅުގަނޑު ބުނާނަން، ދިވެހި ރައްޔިތުން ޕީޕީއެމް/ޕީއެންސީގެ މިހާރު ހޮވިފައި އޮތް ވެރިކަމަށް ފާސް މާކްސް ދޭނަން.. އެވަރުން ފާސް މާކްސް ދޭނަން..

ދެވަނަ މައްސަލައެއްގެ ގޮތުގައި ދެން ރައީސް ޔާމީން ފާހަގަކުރައްވާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރުމެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ، ގެއްލުންވާ ގޮތަށް ހުރި  އެއްވެސް އެއްބަސްވުމަކަށް ޖާގައެއް ނެތްކަމަށާއި މިއީ ކޮންމެހެން ވެސް ހައްލު ކުރަން ޖެހޭ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ މައްސަލައެއްކަމަށް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: