ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ އޮފީހުން ރައީސް ޔާމީންގެ ޝަރީއަތަށް ދާންވީ ޝަމީމް: އަމްރު

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޝަރީއަތުގައި ޕްރޮސެކިއުޓާރ ގެނެރަލްގެ އޮފީހުން، ޕީޖީ ހުސައިން ޝަމީމް ހާޒިރުވެ ހުންނެވުން މުހިންމުކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއަ ވަގުތު، ޕީޖީ އޮފީހުގެ ފަރާތުން ހާޒިރުވެތިބި ވަކީލުންތަކެއް، ޝަރީއަތުގެ މަޖިލީހުގައި ސަކަރާތްޖަހައި، ރައީސް ޔާމީނަށާއި، ގާޒީއަށްވެސް އިހުތިރާމް ކުޑަވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އިޝާރާތްކުރައްވާ އަމްރުވަނީ، އެކަމާއި ކަންވޮޑުވުން ފާޅުކުރައްވާފައެވެ.

އަމްރު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަކީ، ކުރީގެ ރައީސްއެއްގެ ޝަރީއަތް ކަމަށެވެ. އަދި އޭގެ އިތުރުން އެ ޝަރީއަތަކީ، ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރެވޭ ޝަރީއަތް ކަމަށްވުމުން، ކޮންމެ ކޮންމެ ވަކީލެއްގެ ބަދަލުގައި، ސީދާ ޕީޖީ ޝަމީމު އެ ޝަރީއަތުގައި ޕީޖީ އޮފީހުގެ ފަރާތުން ހާޒިރުވުން މުހިންމުކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، އެނާ ގެންދަވަނީ ރައީސް ޔާމީންގެ ޝަރީއަތް ގާތްކޮށް ބައްލަވަމުންކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްގެންދިޔަ ވަގުތު ޕީޖީ އޮފީހުގެ ފަރާތުން ހާޒިރުވެތިބި ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ސަކަރާތް ޖެހި މައްސަލައިގައި ގާޒީ ޝަކީލް ވަނީ ވަކީލުންނަށް ނަސޭހަތްތެރިވެވަޑައިގެންފައިއެވެ. އަދި އެފަދަ އަމަލެއް ތަކުރާރުވެއްޖެ ހާލަތެއްގައި ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 46%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: