ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ހަލާކުވެ ހީނަރުވެފައިވާކަމަށް ބުނެ އަމްރުގެ ފާޑުކިއުން!

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓުގެ ގޮތުގައި ވަދަކުރި އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެމްޑީޕީ ހީނަރުވެގޮސްފައިވާކަމަށް ފާހަގަކުރައްވާ ޑިމޮކްރެޓްސްގެ ފަރާތުން ރަނިންގްމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުސައިން އަމްރު ފާޑުވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އެމްޑީޕީއަކީ ގިނަ އަދަދެއްގެ މީހުން މޭ އައްޑަނައަކަށް ދިއްކޮށްގެން އުފެއްދި ޕާޓީއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީއަކީ ގާނޫނުއަސާސީ ބަދަލުކޮށްގެން ވުޖޫދުކުރި ޕާޓީއެއްކަމަށާއި އެއީ 2018 ވަނަ އަހަރު ޖެހުނު އިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، އެއީ 90،000 މެމްބަރުންގެ ޕާޓީއެއްކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އަދި ޖުޑިޝަރީގެ ބާރުތަކާއިވެސް އެކު ވެރިކަމަށް ވާސިލުވި ޕާޓީއެއްކަމަށެވެ. އެހެންނަމަވެސް ފަސް އަހަރު ދުވަސް ނިމިގެންދިޔަ އިރު 58 އިންސައްތައިގެ ތާއީދާއިއެކު ވެރިކަމަށް ގެނައި ޕާޓީއަށް ލިބުނީ 38 އިންސައްތައިގެ ތާއީދުކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، 90،000 މެމްބަރުން ތިބި ޕާޓީއެއް ފަސް އަހަރުގެ ދައުރެއް ނިމުނު އިރު 40،000 މެމްބަރުންނަށް ވެއްޓުނުކަމަށާއި ހަވާލުކުރި ވެރިކަންވެސް ފަސް އަހަރު ދުވަސް ފަހުން ގެއްލިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަމްރު ވިދާޅުވީ، އެކަން އެގޮތަށް ދިމާވި ސަބަބު އެންމެންވެސް ދެނެގަންނަންޖެހޭކަމަށެވެ.

އަމްރު ވިދާޅުވީ، ވެރިކަން ގެއްލުމަށްފަހު އިންތިޒާމު ކޮށްގެން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެކަން ދެނެގަތުމަށް މަސައްކަތްކުރާނެކަމަށް ގަބޫލުކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ބަލިވި ސަބަބު ހޯދުމަށް މަޝްވަރާތައް ކުރެވިގެންދާނެކަމަށް އުންމީދުކުރެއްވިކަމަށެވެ. އަމްރު ވިދާޅުވީ، ވުޖޫދުގައިވެސް ނެތްކަމަކާއިމެދު މަޝްވަރާތައްކޮށް އެކަމާއިމެދު ކުއްލިޔަކަށް ގޮތް ނިންމުމަށް އެޖެންޑާކުރިކަމަށާއި އެހެންނަމަވެސް އަދި ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން މަސައްކަތްތައްވެސް ފެށިފައިނުވާކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން ކޮންމެވެސް ވަރަކަށް އެ ވާހަކަތައް ދެއްކިނަމަވެސް ރައްޔިތުންގެ ތެރޭގައި އަދި އެ މިންވަރަށްވެސް އެ ވާހަކަތައް ނުދެކެވޭކަމަށެވެ. އަމްރު ވިދާޅުވީ، ބޮޑު ޕާޓީއެއް އިންތިހާބަކުން ބަލިވެ ކުޑަވެގެން އައުމުން ދެން ޖެހޭނީ އެކަމުގެ މަޝްވަރާތައް ކުރަންކަމަށެވެ. އަދި އޭނާއަކީ އެމްޑީޕީގެ ޗެއަރޕާސަން ނަމަ ބަރުލަމާނީ ނިޒާމުގެ ވާހަކަ ގައުމީ މަޖިލީހުގައި އެޖެންޑާވެސް ނުކުރާނެކަމަށް ވިދާޅުވިއެވެ. އަމްރު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގައި ފުރަތަމަ ވާހަކަދެއްކެވީ ޕާޓީގެ މެމްބަރުން ލީޑަރޝިޕުގެ ގޮތުގައި ބަލައިގަނެފައިވާ މީހުންކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީ ނޫން ބަޔަކު ކަމެއް ކުރާތީ އެއީ ގައުމީ ކަމެއް ތޯވެސް ނުބަލައި ޑިމޮކްރެޓްސް އުޅޭ ގޮތް ނޫން އެހެން ގޮތަކަށް އުޅެން ބޭނުން ކަމަށް ބުނިކަމަށެވެ.

އޭނާ ވިދާޅުވީ، ލީޑަރޝިޕުގެ ބޭފުޅުންގެ ވާހަކަތައް ނިމުމުން ޕާޓީއަށް ލިބިފައިވާ ހީނަރުކަމުގެ ފަހަތުގައި ވާ ހަގީގަތް ސާފުވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ދިމާވީ ލީޑަރޝިޕެއް ނެތުމުންކަމަށެވެ. އަމްރު ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެންވެސް ލީޑަރޝިޕެއް ނުފެނުނު ކަމަށާއި ޕާޓީ ހީނަރުވާން ދިމާވީ އެ ސަބަަބާއި ގުޅިގެންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: