ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ފަސް އަހަރު ދުއްވާލީ އެއްވެސް ކަމެއް ނުކޮށް: އަމްރު

އަމްރު ރައީސް ނަޝިދާއިއެކު އެމަނިކުފާނުގެ ކެމްޕެއިންގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމުގެ ފަސް އަހަރު ދުއްވާލީ އެއްވެސް ކަމެއް ނުކޮށް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުވަނީ އައްޑޫ އަށް ޒިޔާރަތްކުރައްވާ، ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައިދެއްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލުތަކަށްވެސް ރައީސް ސާލިހުވަނީ އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.

އައްޑޫގައި 7000 އެނދު އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް އިޝާރާތްކުރައްވާ އަމްރު ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ، އައްޑޫ ތަރައްގީ ކުރުމުގެ ވާހަކަތައް މިހާރު ދައްކަވަމުންދަނީ އިންތިހާބު ކާމިޔާބު ކުރުމަށް ވޯޓު ހޯދުމުގެ ގޮތުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިންތިހާބަށް ތިން މަސް ދުވަހަށް ވުމުން ފޮޓޯއެއް ނަގާލުމަށް ކުރެއްވި މަސައްކަތްތަކެއްކަމަށެވެ. އަމްރު ވިދާޅުވީ، މިހާރު ފައްޓަވައިދެއްވާފައިވާ މަސައްކަތްތަކަކީ، 2018 ވަނަ އަހަރުގެ ތެރޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވަން ރައީސް ވިދާޅުވި ވައުދެއްކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ރައީސް ސާލިހު ފަސް އަހަރު ދުވަސް ހޭދަކުރެއްވީ އެއްވެސް މަސައްކަތްތަކެއް ނުކުރައްވާކަމަށެވެ.

އަމްރުގެ ފާޑުކިޔުން ސަރުކާރަށާއި ރައީސް ސާލިހަށް އަމާޒުކުރެއްވިއިރު، ރައީސް ސާލިހުވަނީ އައްޑުއަށް ވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާގޮތުން، މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫޢޫތައް ނިމުމުން އެ ސަރަހައްދަށް 7،000 އެނދު އިތުރުވެގެންދާނެއެވެ. އެމަނިކުފާނުވަނީ އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާ އާރާސްތުވެގެންދާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: