ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮމަން ކެނޑިޑޭޓެއް” ނެރެން ޑިމޮކްރެޓްސް އެއްބަސްވޭ، ނަަމަވެސް ޕީޕީއެމްގެ ޖަވާބެއް ނެތް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްއާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރާ މަސައްކަތުގެ ތެރެއިން ގުޅިފައިވާ ކެނޑިޑޭޓެއް ނެރެން ޖެހިއްޖެ ހާލަތެއްގައި އެ ކެނޑިޑޭޓަކަށްވެސް ތާއީދުކުރާނެކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރާކަތްތެރިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދު އޯޝަން ލައިބްރަރީގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދެވި ބައްދަލުވުމަށްފަހު މީޑިއާތަކާއި ބައްދަލުކުރައްވައި ވާހަކަދެއްކެވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސް ތަމްސީލުކުރެއްވީ އަމްރުއެވެ. އަދި ޕީޕީއެމް ތަމްސީލުކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއިދުކުރައްވާނެތޯ ސުވާލުކުރެވުނުއިރު، ޕީޕިއެމްގެ ފަރާތުން ދަ ޑިމޮކްރެޓްސްއިން ނެރޭ ކެނޑިޑޭޓަކަށް ތާއީދުކުރައްވާނެތޯވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރެވުނެވެ.

މިކަމާއި ގުޅިގެން އަމްރު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އަމިއްލަ ކެނޑިޑޭޓެއް ނެރޭނެކަމަށެވެ. މި ދެ ޕާޓީގެވެސް އަމާޒަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ބައްދަލުކުރުންކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެ ޕާޓީގެ ފަރާތުން ފާހަގަކުރައްވާފައިވާއިރު، އަމްރު ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި ކޮމަން ކެނޑިޑޭޓެއް ހުންނަންޖެހޭ ހިސާބަށް ކަންތައްތައް ގޮސްފިނަމަ، އެ ހުންނަ ކޮމަން ކެނޑިޑޭޓަކަށް ޑިމޮކްރެޓްސްއިން ތާއީދުކުރާނެކަމަށެވެ.

ހުންނާނެ ބައެއް ކަހަލަ ކަންކަން އަޅުގަނޑުމެންވެސް ހިފަހައްޓާނެ.

އަމްރު ވިދާޅުވިއެވެ.

އެއާއިއެކު ނޫސްވެރިޔާ ވަނީ ތަކުރާރުކޮށް އެއީ ރައީސް ޔާމީން ނަމަވެސް ތާއީދުކުރާނެތޯ ސުވާލުކޮށްފައެވެ. ވަކި ޖަވާބެއް ނުދެއްވާ އަމްރު ތަކުރާރުކުރެއްވީ ދަ ޑިމޮކްރެޓްސްގެ ވަކި ކެނޑިޑޭޓެއް ހުންނާނެކަމެވެ.

ދޫ ދޭން ޖެހޭ ކަންތައްތަކެއްވެސް ހުންނާނެކަމަށް ފާހަގަކޮށް އަމްރު ވިދާޅުވީ، ދޫ ދެވެން ހުންނަ ކޮންމެ ކަމެއްގައި ދޫދެއްވާނެކަމަށެވެ. ނަމަވެސް ޕާޓިއެއްގެ ހައިސިއްޔަތު ހިފަހައްޓާނެ ބައެއް އުސޫލުތަކާއި، އިތުރު ކަންކަން ހުންނާނެކަމަށް އަމްރު ވިދާޅުވިއެވެ. ސިޔާސީ ޕާޓިތަކެއްނަމަ، ހުންނާނީ ވަކި ފިކުރުތަކެއްކަމަށާއި، ނަމަވެސް އެކުގައި މަސައްކަތްކުރެވޭނެކަމަށް ފާހަގަކޮށް، ކުރިމަތިލައިގެން އުޅެނީ މާ ބޮޑުކަމަކާއިކަމަށް އަމްރު ވިދާޅުވިއެވެ.

އެހެންކަމުން އެތެރޭގެ މައްސަލަތައް އެއްކިބާކުރުމަށްފަހު، މަސައްކަތް އެކުރަނީ ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރުމަށް ދެ ޕާޓީއަށްވެސް އެއްބަސްވެވޭތީ، އެ މަސައްކަތްކަމަށް އަމްރު ވިދާޅުވިއެވެ.

މި ވާހަކަތާކާއި ގުޅިގެން ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. އަދި ރައީސް ޔާމީންގެ ނެތް ހާލަތުގައިވެސް ކެނޑިޑޭޓު ހުންނާނެކަމަށް ވިދާޅުވި ނަމަވެސް އެއީ ކާކުކަމެއް ހާމައެއްނުކުރައްވައެވެ. އަދި ދަ ޑިމޮކްރެޓްސް އިން ނެރޭ ކެނޑިޑޭޓަކަށް ތާއީދުކުރާނެތޯ ކުރި ސުވާލަށްވެސް ސީދާ ސާފު ޖަވާބެއް ނުދެއްވައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ނެރެދާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އަމްރު އަދި ޝުޖާއުވެސް އެކަން ސިފަކުރީ ސަރުކާރު ނުފޫޒު ފޯރުވައިގެން ނޫސްވެރިން ލައްވާ ކުރުވާ ސުވާލުތަކެއްގެ ގޮތުގައެވެ. އަދި މީޑިއާތަކަށް ނުފޫޒު ފޯރުވާކަމަށާއި، ނޫސްވެރިންގެ މިނިވަންކަންވެސް ނެތްކަމަށް ދެ ބޭފުޅުންވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: