ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ގެއްލިއްޖެ، ދެން ގެއްލޭނީ ވެރިކަން: އަމްރު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިއްޖެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރު  ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވެފައިވަނި އެމްޑީޕީ އަށް  ދެން ގެއްލޭނީ މެޖޯރިޓީ ކަމަށާއި އެއަށްފަހު ވެރިކަން ގެއްލިގެން ދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު އެމްޑީޕީ އަށް ސުޕަރމެޖޯރިޓީ ގެއްލިފައިވާ ކަމަށް ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ގިނަ ބަޔަކު ޕާޓީން ވަކި ވުމަށް އެދި ސިޓީ ފޮނުވާފައިވަނިކޮށެވެ.

މިއަދު އެމްޑީޕީ ސެކްޓެރޭޓިއަޓަށް ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ގިނަ ބަޔަކު ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވެއެވެ. އެގޮތުން ޕާޓީން ވަކިވުމަށް އެދުނު މެމްބަރުން ނަކީ :

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މާފަންނު މެދު ދާއިރާގެ  މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

ފިކުރެއްގެ ދިރުމުގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީން ނިންމާފައިވާއިރު މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ އެމްޑީޕީ އެބޭފުޅުން ވަކިވެފައިވާ ކަމަށެވެ. އަދި ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ އެމްޑީޕީން ވަކިވި މެމްބަރުންނަކީ ޕާޓީއަަށް ގިނަ ހިދުމަތްތަކެއް ކުރި މެމްބަރުން ކަމަށެވެ.

ފިކުރެއްގެ ދިރުމުން ވަކިވި އެމްޑީޕީ މެމްބަރުންނަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި މުހިއްމު މުއައްސަސާއެއްކަން ގަބޫލުކޮށް ޕާޓީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރި ބައެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: