ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ދިވެހިންނާއި އިންޑިއާ އާއި ދެމެދު: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ، ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ކެޑިޑޭޓެއްގެ ގޮތުގައި ކޮންމެ މީހަކު ނެރުނު ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ އިންޑިއާ އާއި ދިިވެހިރާއްޖެއާއިދެމެދުކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ދ. ކުޑަހުވަދޫގައި އިދިކޮޅުގެ ރިޔާސީ ކެޑީޑޭޓު ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ އެބޭފުޅުން މަސައްކަތް އެކުރަނީ ޕީޕީއެމަށް އަދި ރައީސް ޔާމީނަށްވެސް ވެރިކަން ހޯދުމަށް ނޫންކަމަށާއި، ދިވެހިންނަށް ދިވެހިންގެ ވެރިކަން ހޯދައިދިނުމަށްޓަަަކައިކަމަށެވެ. އަދި މިފަދަ ވެރިކަމެއް ކޮށްދެވޭނީ ރައީސް ޔާމީންއަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އެހެންވެގެން ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހެނީ. މާދަމާ ދިވެހިރާއްޖެ މިނިވަންކޮށް ބާއްވަންވެގެން، މި ގައުމުން އިސްލާމް ދީން ނޫން ގައުމަކަށް ފުރުސަތު ނުދޭންވެގެން ރައީސް ޔާމީން ވެރިކަމަށް ގެންނަން މިޖެހެނީ، މި ގައުމުގެ އަދުވުންނަށް ޖާގަ ނުދޭންވެގެން ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހެނީ

ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހެނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އިސް ލީޑާރުންފަދައިން ގައުމުގެ ދާހިލީ މިނިވަންކަމާއި، ހާރިޖީ މިނިވަންކަން ނަގައިލި މީހުންނަށް ފުރުސަތު ނުދޭންކަމަ އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އަކީ ދިވެހި ރައްޔިތުންގެ ކެޑިޑޭޓެއްކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިއަދު ވެރިކަމުގައި އޮތް އެމްޑީޕީ އިން ކޮންމެ ކެޑިޑޭޓެއް އިންތިހާބަށް ނެރުނު ނަމަވެސް އެވާނީ އިންޑިއާގެ ނުފޫޒާއިއެކު ނެރޭ އިންޑިއާގެ ކެޑިޑޭޓަކަށްކަމަށެވެ. އަދި އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީ އާއި ދިވެހި ރައްޔިތުންނާިއ ދޭތެރޭ ބޭއްވޭ އިންތިހާބެއްކަމަށާއި، އެހެންްކަމުން އިންތިހާބުގައި ދިވެހިން، ދިވެހިންގެ ކޮޅު ނަގައި ރައީސް ޔާމީންއަށް ވޯޓުދެއްވަންޖެހޭކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އިންޑިއާގެ އަތްދަށުނުވެ ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓަންޖެހޭނެކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމްގެ ވާހަކަގައި ސުވާލުއުފެއްދެވީ ރާއްޖޭގެ ތާރީހު ނޭގޭ ބަޔަކު ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ގޮތާއިމެދުއެވެ.

ދިވެހިރާއްޖޭގެ، ދިވެހި ގައުމިއްޔަތު ދެމެހެއްޓޭނީ ދިވެހިރާއްޖޭގެ ތާރީހު އެގޭ ބަޔަކަށް. ތާރީހު އެމަކީ ހަމައެކަނި މާމަ އާއި ކާފަ އެގުމެއް ނޫން. މި ދިވެހިރާއްޖޭގެ ކަން ހިގަމުން އައި ގޮތް ނޭގޭ ބަޔަކަށް ދިވެހިންގެ ކަންކަމެއް ނުބެލެހެއްޓޭނެ. ދިވެހިރާއްޖެ އަޅުވެތި ކުރަން މަސައްކަތްކުރީ ކޮން ބައެއްކަމާއި، އެއީ ކިތައް ފަހަރުކަމާއި، އެމީހުން އައީ ކޮންތާކުކަމާއި އެމީހުންގެ މަސައްކަތް ހިގައި ދިޔައީ ކޮން ގޮތަކައްކަން ނޭގި އެބަޔަކު ކިހިނެއްތޯ ދިވެހިރާއްޖޭގެ މިނިވަންކަން ނަގަހައްޓާނީ

އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަންކަމަތީ އެތައް ހާސް އަހަރަކު އޮތް ގައުމެއްކަމަށާއި، ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އެރި ކޮންމެ ފަހަރަކު އެކަމުގައި އިންޑީއާގެ ޝާމިލުވުން ހިމެނޭކަމަށެވެ. މާލާބާރީންގެ ނަމުގައި އާއި ޕޯޝުކީސުންނާއި ތިޖޯރީންގެ ނަމުގައިވެސް އަދި އެކިއެކި އެހެން ނަން ނަމުގައިވެސް މިނިވަންކަން ނަގާލުމުގައި ހަރަކާތްތެރިވީ އިންޑިއާއިންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މިކަން އެގޭ ބަޔަކަށް ނުވަތަ އަލުން މިކަންތައް ތަކުރާރުކުރަން ބޭނުންވާ ބައެއްގެ ގޮތުގައި އެމްޑީޕީއަށް އިޝާރާތް ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އެފަދަ ބަޔަކަށް ވެރިކަން ދީފިނަމަ ދިވެހިންނަށް މިއަދު މިއޮތް މިނިވަންކަން ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ނޯންނާނެކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދޭން ޖެހޭ ސަބަބެއްގެ ގޮތުގައި އެ ޕާޓީގެ ލީޑާޝިޕުން އަބަދުވެސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގައިލުމަށް ޕީޕީއެމާއި އިދިކޮޅަށް އޮތް އެމްޑީޕީން މަސައްކަތްކުރުމެވެ. މިފަދައިން ވާހަކަދައްކަވާ އެބޭފުޅުން ގެންދަވަނީ މިކަމުގައި އިންޑިއާ ޝާމިލުވާކަމަށް ފާހަގަކޮށް ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ކުރައްވާ، އިންޑީއާގެ ސިފައިން ދިވެހިރާއްޖޭގެ ފަސް ގަނޑުގައި ގައުމީ ސަލާމަތައް ނުރައްކާވާނެފަދައިން އެބަތިބިކަމަށް ބުނަމުންނެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށްޓަކައި “އިންޑީއާ އައުޓް” ކެމްޕެއިނެއްވެސް އިދިކޮޅުން އިސްނަގައިގެން ކުރިއަށްގެންދިޔައެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނެރުއްވި ގަރާރަކާއިއެކު މިހާރު މި ހަރާކާތް މަޑުޖެހިފައިވީ ނަމަވެސް ރޭ ކޫޑަހުވަދޫގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދިވެސް “އިންޑިއާ އައުޓް” އެ ރޫހު އެބަހުންނެވިކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: