ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގައި ލެންގްޔާ ކިޔާ އާ ވައިރަސްއެއް ފެތުރެން ފަށައިފި

ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް އާއި އެއް ޒާތެއްގެ އާ ވައިރަސްއެއް ޗައިނާގައި ފެތުރެން ފަށައިފިއެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، މަންކީ ޕޮކްސް ވައިރަސް ފެތުރި، އެކަމަކީ، ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައެޅިފައިވަނިކޮށް، ޗައިނާއިން ފެނިފައިވާ އާ ވައިރަސް އަށް ދެވިފައިވާ ނަމަކީ، ލެންގްޔާ ހެނިޕާ ވައިރަސްއެވެ. ޗައިނާގައި މިހާތަނަށް 35 މީހަކަށް މި ވައިރަސް ޖެހިފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ޗައިނާގައި ފެތުރެން ފަށާފައިވާ އާ ވައިރަސް، ލެންގްޔާ ޖެހިގެން މިހާތަނަށް އެއްވެސް ފަރާތެއް މަރުވެފައިވާކަމަށް ރިޕޯޓު ކުރެވިފައިނުވާއިރު، މި ވައިރަސް ޖެހުމުން ކުރާ އަސަރުތައް ކޮވިޑް19ގެ ބަލި މަޑުކަމާއި ދާދި އެއް ގޮތެވެ. އެގޮތުން ހުންއައުން، ވަރުބަލި ކުރުން، ކެއްސުން އަދި ބޮލުގައި ރިއްސުންފަދަ އަލާމާތްތައްވެސް ހިމެނޭކަމަށް ޓައިވާނުގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ބުނެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ރިޕޯޓު ކޮށްފައިވާގޮތުން، މި ވައިރަސް ޖެހުމުން، އިންސާނާގެ ލިވާރ އަދި ކިޑްނީއަށްވެސް އަސަރުތަކެއް ކުރެއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ފާހަގަކުރެވިފައިވާ ލެންގްޔާ ވައިރަސް ފުރަތަމަ ފެނިފައިވަނީ، މީދާ އާއިލާއަށް ނިސްބަތްވާ ކުދި ޖަނަވާރުތަކެއްގެ ގައިންނެވެ. އަދި ކުއްތާއާއި ބަކަރިންވެސް މި ވައިރަސް ފެނިފައިވާކަަމަށް އިންގިރޭސި ވިލާތުގެ ސިއްހީ މަޖައެއްގައި ޝާއިހު ކުރެވިފައިވާ އާޓިކަލްއެއްގައި ބުނެފައިވެއެެވެ. ޖަނަވާރެއްގެ ގައިން އިންސާނުން ގަޔަށް އަރާ ކަމަށް ފާހަގަކުރެވިފައިވާ މި ވައިރަސް އަދި އިންސާނުންގެ ދެމެދު ފެތުރޭކަމަށް ކަށަވަރު ކުރެވިފައިނުވެއެވެ.

ޓައިވާނުގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލްއިންދަނީ ލެންގްޔާ ވައިރަސް ފެތުރޭ ގޮތުގެ ދިރާސާތަކެއް ކުރަމުންނެވެ. މި ވައިރަސް ނިސްބަތްވާ އާއިލާގައި ހުރި އެހެނިހެން ބައެއް ވައިރަސްތަކަކީ، އެ ބަލި ޖެހުމުން، އިންސާނާ މަރުވާން ދިމާވާ ނުވަތަ ހާލު ދެރެވެގެންދާ ވައިރަސްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: