ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުން: ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން ހުށަހެޅުމެއް ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓުގައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ނިންމާނީ ޕްރައިމެރީއެއް ބޭއްވުމަށް ފަހުކަމަށް އެ ޕާޓީން ބުނެފި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ގެންގުޅުއްވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ ވާދަވެރިކަމުގެ ތެރެއިން ދެބޭފުޅުންގެ ދެމެދުގައި ގުޅުން ވެސް ގޯސްވެފައި ވާއިރު ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި، ރައީސް ސޯލިހު ދެވަނަ ދައުރަކަށް ނިކުންނެވުމުން އެމްޑީޕީއަށް ކުރިމަތިވާނީ ގެއްލުންތަކެވެ. އަދި އިންތިހާބު ގެއްލުމުގެ ފުރުސަތު އޮތްކަމަށް އެމަނިކުފާނު ގަބޫލު ކުރައްވަ އެވެ.

އިންތިހާބަށް ކެނޑިޑޭޓަކު ކަނޑައެޅުމަށް ރައީސް ސޯލިހު ނުފޫޒާއި ބާރުގެ ބޭނުންކޮށް މި މަހުގެ 19 ގައި ބާއްވާ ކޮންގްރެސްގައި އެމަނިކުފާނަށް ދެވަނަ ދައުރެއްގެ ޓިކެޓު ދޭގޮތަށް ނިންމަވާނެކަމަށް އަޑުތައް ވެސް ޕާޓީގެ އެތެރެއިން ވަނީ ފެތުރިފަ އެވެ.

އެމްޑީޕީގެ ކޮންގްރެސް އާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަނަކަށް ދާދިފަހުން އިންތިހާބުވެ ވަޑައިގެންނެވި، ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ކަނޑައަޅާނެ ގޮތް ޕާޓީގެ އަސާސީ ގަވައިދުގައި ލިޔެފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމެރީއެއް ބާއްވަން ޖެހޭނެކަމަށް ބުނާ ގަވައިދަށް އެއްވެސް އިސްލާހެއް ހުށަހެޅިފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ކެނޑިޑޭޓު ކަނޑައެޅުމާއި މެދު ކޮންގްރެސްގައި ކުރާނެ ބަހުސްއެއް ނުވަތަ މަޝްވަރާއެއް ނެތްކަމަށާއި، ކުރިޔަށް ދާނީ އުސޫލާއި ގަވައިދުގެ ތެރެއިން ކަމަށެވެ. އަދި އެފަދަ މަޝްވަރާއަކަށް ދާން ޖެހޭނެ ހުށަހެޅުމެއް، އައުމުގެ ފުރުސަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބެއްގެ ވާހަކައާއި ހަމައިން ކޮންމެ މީހެއްގެ ވެސް ކަނބޮޑުވުމަށް ވާނީ، ރިޔާސީ ޓިކެޓު ދޭނެ މީހާ އާއި، އެ އުސޫލު އޮތް ގޮތުގެ މައްޗަށްކަން ފާހަގަކޮށް އިބްރާހިމް ވަހީދު ވިދާޅުވީ މިވަގުތު ޕްރައިމެރީއެއް ނުބާއްވަފާނެކަމަށް ބުނެ މިހާރު ވެސް އަޑުތައް ފެތުރެމުން ދާކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވިސްނުމެއް، ނުވަތަ ހުށަހެޅުމެއް ނެތްކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.

ކޮންގްރެސްއަށް ހުށަހަޅާފައި ހުރި އިސްލާހުތަކާއި ގުޅޭގޮތުން އިބްރާހިމް ވަހީދު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ހިމެނެނީ ހިންގުމުގެ ގަވައިދަށް ގެންނަން ބޭނުން ވެގެން ހުށަހަޅާފައި ހުރި އިސްލާހުތައް ކަމަށެވެ. އޭގެ އިތުރުން އެެހެން ބައެއް ގަަވައިދުތަކާއި ފުށު އެރުންތަކެއް ހުރި ގަވައިދުތަކަށް ބަދަލި ގެންނައުން ހިމެނޭކަން އިބްރާހިމް ވަހީދު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނުފޫޒާއި ބާރުގެ ބޭނުން ކުރުމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 2018 ގައި އއ. އުކުޅަސްގައި ބޭއްވި ކޮންގްރެސްގައި ވެސް އޮޅުވާލުންތަކެއް އެކުލެވޭކަމަށް ބުނެ ރައީސް ނަޝިދާއި އަރިސް މެމްބަރުން އެ ބައްދަލުވުމަށް ކިޔައި އުޅެނީ ”އުކުޅަސް ބަޣާވާތް“ އެވެ. ކޮންގްރެސްގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދު ވެވުނު ބައެއް އެއްބަސްވުންތަކަށް ރައީސް ސޯލިހު އަމަލު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ.

ދާދި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބާއި، ޗެއާޕާސަން އިންތިހާބަށް ސަރުކާރުގެ ވަސީލަތްތަކާއި ބާރު ބޭނުން ކުރިކަމަށް ރައީސް ނަޝިދާއި އަރިސް މެމްބަރުން ތުހުމަތު ކުރެ އެވެ. އެތެރޭގެ ހާލަތު ގޯސްވެފައިވާ ވަގުތެއްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވާއިރު، ބައްދަލުވުން ހޫނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: