ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ މަގުތައް ހަދަމުންދާ ގޮތުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ކުރިމަތިވެފައިވާކަމަށް ފާހަގަކުރައްވާ ނިޒާރު ކުރެއްވި ޓުވީޓުގައި ވަނީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއްކަމަށެވެ.

ނަމަވެސް މި މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތާމެދު ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އެބައޮތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ޕްލޭނިންގ މިނިސްޓްރީއަށް ހުށައަޅަމުންދާ ކަމަށާއި އެހެން ނަމަވެސް ހައްލެއް ނުލިބި މަސައްކަތް ނިމޭއިރު މި މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އަދި ޕްލޭނިންގ މިނިސްޓްރީއަށް މަސައްކަތް ބެލެންވާ ވަރަށް ނުބެލޭ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެއެވެ.

 

ޕްލޭނިންގ މިނިސްޓްރީއަށް މަސައްކަތް ބެލެންވާ ވަރަށް ނުބެލޭ ކަމަށްވެސް މި މައްސަލައާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ނިޒާރު ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުން އެދެނީ މަގުތައް ރަނގަޅު ފެންވަރަކަށް ގިނަ ދުވަހަށް އޮންނަ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި އަދި އެއީ ސަރުކާރުންވެސް ބޭނުންވާނެ ގޮތް ކަމަށް ފާހަގަކުރައްވާ ނިޒާރު ވިދާޅުވެފައިވަނީ އެހެންނަމަވެސް މިހާރު މަސައްކަތް ދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަޖެހި ނުދާނެކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރުރެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: