ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުއަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައި، ބަޔަކަށް އަނިޔާވެއްޖެ

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖް އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމެއް ފަރަށްއަރައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ވިލިމާލެ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 2:25 ހާއިރު ކަމަށެވެ.

މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަނިޔާވި ތިން މީހުންނަށް މިހާރުވެސް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހަވާލްކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ހިލޭ އެހީއިން ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: