ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު، ސަރުކާރަށް: ބްރިޖު އެއްބަސްވުމުގައި މާބޮޑު ފަންނީ ސިއްރު މައުލޫމާތުތަކެއް ހުރީ ތޯ؟

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބުރިޖު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކުރުމަށް ޕްލޭނިން މިނިސްޓްރީން މަސައްކަތްކުރަމުންގެންދާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ހަވާލުކޮށްގެން އެޅުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖު އެއްބަސްވުމާއި ގުޅިގެން ސިއްރުކުރި މައުލޫމާތުތައް ހާމަކުރަން ޕްލޭނިން މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން އެ މިނިސްޓްރީން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުން ވަނީ މައްސަލަ ކޯޓަށް ބަލައިގެންފައެވެ.

ސަރުކާރުން މި އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދަމުން ގެންދާތީ، ސައީދު ވަނީ މި މަޝްރޫއުގައި މާބޮޑެތި ސިއްރު މައުލޫމާތުތަކެއް ހިމެނެނީ ތޯ ސުވާލު ކުރައްވާފަ އެވެ. ސައީދު ވިދާޅުވީ އެ މައުލޫމާތު ހާމަ ކުރަން ބޭނުން ނުވަނީ އެއީ ދުނިޔެއަށް ވެސް ހާމަ ނުކުރެވޭ ވަރުގެ ފަންނީ ސިއްރުތަކެއް ހިމެނިގެން ތޯ އެވެ. އަދި ބްރިޖުގެ ތަނބުކަމަށް ބުނެ، އާއްމުންނާއި ހިއްސާ ކުރާ ފޮޓޯ އާއި އެ މަންޒަރަކީ ހަގީގަތެއް ތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

ސައީދުގެ ޓުވީޓުގައި އިތުރަށް ވަނީ މަޝްރޫއުއަށް ހަރަދުވާ 600 މިލިއަން ޑޮލަރު ފާހަގަކޮށް، އަނެއްކާ މަޝްރޫއު އަވަސްކުރުމުގެ ގޮތުންވެސް 100 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް ފާހަގަކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގައި ބުރިޖާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ، “ދިޔަރެސް” ނޫހުން ބުރިޖާއި ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކުރަން އެދުމުން ޕްލޭނިން މިނިސްޓްރީން އެކަމާއި ދެކޮޅުހެދުމުންނެވެ. އެއާއިއެކު “ދިޔަރެސް” އިން ވަނީ މި މައްސަލައިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: