ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީހުގައި ރައީސް ސާލިހުގެ ނަން ލިޔެވޭނީ ކަނޑު ވިއްކާލި ހާއިނެއްގެ ގޮތުގައި: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ނަން ލިޔެވޭނީ ކަނޑު ވިއްކާލި ހާއިނެއްގެ ގޮތުގައިކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާޔަތު ކުރިއެރުވުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް، އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ފުއްދުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ސައީދު އަލިއަޅުއްވާލެއްވީ ޗާގޯސްގެ މައްސަލައަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ވަނީ މަސްވެރިން މަސް ބާނަން އޮތް ކަނޑު މޮރިޝަސްއަށް ވިއްކާލާފައިކަމަށެވެ. ސައީދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތާރީހުގައި ލިޔެވޭނީ ވެރިކަމުގައި ހުންނަވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ހާއިނެއްގެ ގޮތުގައިކަމަށެވެ.

އެގޮތުން 45 އަކަ ކިލޯމީޓަރު ވިއްކާލާފައިވާކަމަށް ތުހުމަތުކޮށް ސައީދު ވިދާޅުވީ އެސަރަހައްދު ދީފައިވަނީ ދާއެޅުމަށްކަމަށާއި، ނަމަވެސް މަސައްކަތްކުރައްވަނީ މަންޒަރު އޮޅުވާލުމަށްކަމަށެވެ.

މުޅިން ތަފާތު ވާހަކައެއް ދައްކަމުން މަންޒަރު އޮޅުވާލަންވެގެން މިހެން ދެތިން ހަތަރު މެންބަރެއް ނެރެގެން ނަރުދަމާއެއްގެ ފޮޓޯލޯގަނޑެއްގެ ފަހަތަށް ވަދެގެން މި ދައްކާ ވާހަކަތަކަށް ފުންކޮށް ވިސްނަންޖެހޭ.

ސައީދު އިޝާރާތްކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް ބަނގްލަދޭޝްއަށް ވަޑައިގެން ދައްކަވާފައިވާ ވާހަކައަށެވެ. އެގޮތުން ރައީސް ސާލިހުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި އެންމެ އިސްކަމެއްދެއްވައިގެން މަސައްކަތްކުރެއްވީ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައިކަމަށް ނައިބު ރައީސް ވިދާޅުވެފައިވާތީ، ސައީދު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ބޮޑު މަޝްރޫއުއެއްގެ ތެރެއިން އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ތިބެވޭ ގޮތަށް ގާއިމްކޮށްފައިވާކަމަށާއި، އަދި އިންޑީއާގެ ސިފައިންނަށް އެ ސަރަހައްދުގައި ބޭނުން ދުވަހަކު ތިބެވޭނެ ގޮތަށް އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އުތުރު ތިލަފަޅު ތަރައްގީކުރުމުގެ ނަމުގައި ދޭ ލޯނު ދައްކަންޖެހެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: