ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަކަށް ނަފްސާނީ މައްސަލަ ދިމާވުމަށް އެންމެ އައިޑިއަލް ސިމްބަލް އަކީ ރައީސް ސާލިހް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަކަށް ނަފްސާނީ މައްސަލަ ދިމާވުމަށް އެންމެ އައިޑިއަލް ސިމްބަލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ މާލެއާއި ތިލަފުއްޓާއި ގުޅޭނެ ކަމަށް މިސަރުކާރުން ބުނަމުންދާ ކަމަށެވެ. އަދި އެވާހަކަ ވިދާޅުވަނީ ރައީސް ސާލިހްގެ ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް މިސަރުކާރުން 700 މިލިއަން ޑޮލަރު ހޭދަކުރުމަށް ކަނޑައަޅާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮޅަށް ޖެހި ތަނބެއް ވިއްޔާ ވެއްޓެނީ. ދެން އެންމެ ރަނގަޅު. ކޮންމެސް ހިސާބަކުން ކޮންމެވެސް ސަރުކާރަކުން އެ ބްރިޖް އެޅީމަ އެނިދާނެތާ. ތިލަފުއްޓާ މިގުޅެނީ ހަމަ ގައިމުވެސް ރައީސް ޔާމީންގެ ސަރުކާރުގެ ވިޝަން އަކީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ނުވަތަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ތިލަފުއްޓާ ގުޅުވުން. އެއީ ޕްލޭންއަކީ. ކޮބައިތޯ އޭގެ ބޭނުމަކީ؟ އަޅުގަނޑުމެންގެ ސަރުކާރުން ހެދި ހުރިހާ ދިރާސާއެއްގައިވެސް ދައްކާ އެއް ވާހަކައަކީ ކޮމާޝަލް ބޯޓަކާއި އެއަރޕޯޓަކާ ގުޅުނީމައޭ އެގައުމެއްގެ އިގްތިސާދީ މިއަންނަ ލިންކޭޖް އެންމެ ރަނގަޅަށް ޓްރާންސްޕޯޓްގަ އަންނަ ލިންކޭޖް އޭވިއޭޝަން އާއި ސީ ޓްރާންސްޕޯޓާ ގުޅިގެންދާނީ.

ދިވެހި ވިޔަފާރިތަކަށް އޮތް ބިމެއް ތިލަފުށީގައި ނުހިއްކާ އޮތް ފަޅުގައި ކަޑަ ޖަހާލާފައި ލާރިކޮޅެއް ހޯދުމަށް މިސަރުކާރުން ވިއްކަނީ ތިން ކުންފުންޏަކަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ލާރިކޮޅެއް ހޯދަނީ ވަކިވަކި ވަޒީރުންނަށްތޯ ނުވަތަ ރައީސް ސާލިހްގެ ކެމްޕޭނަކަށްތޯ މިއެއް އަދި އަޅުގަނޑަކަށް ނޭނގެ. މިހިސާބަށް ކަންތައްތައް ދިޔައިމަ ނަފްސާނީ ވާނެ. ނަފްސާނީ ވާނެ އެއްނޫންތޯ ބޯހިޔާވަހިކަން އަޅުގަނޑުމެން 250 ހެކްޓަރުގެ ބިމެއް ރައީސް ޔާމީންގެ ސަރުކާރުން ހިއްކާފަ ދިނީމަ އެތަނުގައި ގާބުރިއެއް ބައިންދާލަން ނޭނގިގެން އެއުޅެނީ. ނަފްސާނީ ނުވާނެތޯ މިވަރުވީމަ.

އުތުރުތިލަފަޅާއި  ހައިޑްރޮގްރަފީ އެއްބަސްވުންތަކާއެކު މި ސަރުކާރާއި އިންޑިއާ އާ ދެމެދު ވެފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަކުރެވިފައިނުވާ ކަމަށް  ސައީދު ވިދާޅުވިއެވެ. އަދިި އެކަމުން ރައްޔިތުން ނަފްސާނީ ނުވާނެތޯ ސައީދު ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރުގެ އެކޭ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގެންގުޅުއްވާ މަލާފަތެކޭ އެއްގޮތް ކަމަށް ސައީދު ސިފަ ކުރެއްވިއެވެ.

އޭރެއްގައި ހިތަށްއެރި ގޮތަކަށް ގަށަނީ. ރައްޔިތުން ސިޔާސީ ވިސްނުމަކުން ނުވިސްނާނެތޯ؟ ނަފްސާނީ ނުވާނެތޯ؟

ރައްޔިތުންނަށް ދިމާވެފައިމިވާ ހާލަތުން ރައްޔިތުން އަރައިގަތުމަށް އިންސާފުވެރި ވެރިކަމެއް ކުރަން ބޭނުންވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: