ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގަ ހުރި ރައްޔިތުންގެ ފައިސާ އަށް އިހުމާލެވެއްޖެ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ދަނީ އިހުމާލު ވަމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުނަހަންދޫ އިންޖީނުގޭގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި ގަރާރު ހުށަހަޅަމުން ސައީދު ވިދާޅުވީ ރައްޔިތުންގެ ފަންޑުތަކުގައި ހުރި ފައިސާ ނަރުދަމާތައް އެޅުމަށް ހުސްކޮށްފިކަމަށެވެ.

ސައީދު ވިދާޅުވީ ޓްރަސްޓް ފަންޑާއި ދިވެހި ސަރުކާރުގައި ރައްޔިތުން ފަހުން ބޭނުންކުރުމަށް ރައްކާ ކޮށްފައި ހުންނަ ފައިސާ އެއް ފަންޑުން އަނެއް ފަންޑަށް މާލީ ވަޒީރު އިބްރާޙިމް އަމީރު ބޭނުންވުމުން ޓްރާންސްފަރ ކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް މިއަހަރުގެ ފެބްރުއަރީ މަހުގައި އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.

އެއީ ފިނޭންސް މިނިސްޓަރު ބޭނުންވީމަ، އެއްފަންޑުން އަނެއް ފަންޑަށް އޭގެ ތެރޭގައި ޕްރޮވިޑެންޓް ފަންޑު. ގްރީން ފަންޑް، ސޮވެރިން ޑިވޮލަޕްމަންޓް ފަންޑް، މިހެންގޮސް މި މަޖިލީހުގައި ސުވާލުކުރެވިގެންދިޔަ ޒަކާތު ފަންޑުގައި ހުންނަ ފައިސާ އަށް ވަނީ ކިހިނެތްތޯވެސް. އެޑިއުކޭޝަން ފަންޑާ މިހެންގޮސް އެތައް ފަންޑުތަކެއް ހުންނައިރުގައި މާލީ ވަޒީރަކީ ބަދަލުވާމީހެއް. ބައެއް ހާލަތްތަކުގައި އަހަރުން އަހަރަށް ބަދަލުވާ މީހެއް. އަނެއްބައި ހާލަތުގައި ފަސް އަހަރުންވެސް ބަދަލުވާ މީހެއް.

ސައީދު ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ފަންޑުތަކަކީ ރައްޔިތުން ގައުމު އިނދަޖެހިގެންދާ ހާލަތެއްގައި ރައްޔިތުންގެ އަމިއްލަ އާއިލާ އާއި އެމީހާގެ ނަފްސު އިނދަޖެހިގެންދާ ހާލަތެއްގައިވެސް ފައިސާކޮޅެއް ބޭނުންވާ ވަގުތު ކިރިޔާވެސް ލިބެން ހުންނަ ފައިސާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެފައިސާ އެއް ފަންޑުން އަނެއް ފަންޑަށް ޓްރާންސްފަރ ކުރާނަމަ ފައިސާގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވިދާޅުވެ ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

ގަރާރު ހުށަހަޅަމުން ސައީދުވަނީ އެކަމުގައި އޭނާގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށް ފާހަގަކޮށްލެވޭ މައްސަލަތައް ހިއްސާކޮށްފައެވެ.

މަސައްކަތުގައި އުޅުނު  މުވައްޒަފުން އެހެން ދިމާލަކަށް ގެންދިއުން. ތިންވަނަ މައްސަލައެއް ގޮތުގައި މި ގަރާރުން އަޅުގަނޑު މިހުށަހަޅާލަނީ މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުން. 4 ވަނަ ކަމެއްގެ ގޮތުގައި މިކަމުގައި އެއްވެސް ވާނުވާއެއް ނޭނގުން.

ސައީދު ވަނީ ކުނަހަންދޫ އިންޖީނުގެ އާއި  ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ވަނީ އެދިފައެވެ.

ސައީދު ވިދާޅުވީ ކުނަހަންދޫ އިންޖީނުގެ އާއި ނަރުދަމާގެ މަސައްކަތް ފަށައި ވަކި ހިސާބަކުން ތަކެތި ގެންގޮސްފައިވާ ކަމަށެވެ.

ކުނަހަންދޫގެ ރައްޔިތުންނަަކަށް އެއްގޮތަކަށްވެސް ވާނުވާ ނޭނގޭ. މަސައްކަތް ހުއްޓާލާފައި ސާމާނުތަކާއި އެކަމުގައި ވަޒީފާގައި އުޅުނު މީހުންވެސް ގެންގޮސް އިންޖީނު ގެ އާއި ނަރުދަމާގެ މަސައްކަތްވެސް ހުއްޓިފައި މިއޮންނަނީ

ސައީދު ވިދާޅުވީ މިދިޔަ ފަސް އަހަރަށް ބަލައިފި ނަމަ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ނަރުދަމާ އެޅޭނެ ވަރުގެ ފައިސާ ވަކި ރަށް ރަށަކަށް ބަޖެޓް ކޮށްފައި ދީފައި ހުރިނަމަވެސް ނުވާ ނޭނގޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ވާނުވާ ނޭނގޭ މައްސަލަ އަޅުގަނޑު މިގެންނަނީ ސަބަބުތަކެއް ހުރެގެން. މިސާލަކަށް ގްރީން ފަންޑް. ގްރީން ފަންޑުން އެބަހުރި 1 ބިލިއަން 63 މިލިއަން 428 ހާސް 543 ރުފިޔާ ބޭނުންކޮށްފައި. ހަމަ އެގޮތަށް 2023 ގެ ބަޖެޓްގައި ވެސް ބަޖެޓުން އަނެއްކާ 91 މިލިއަނެއް ހަމަ ނަރުދަމާގެ މަސައްކަތަށް އެބަހުރި ބޭނުންކޮށްފައި. 2024 ގެ ބަޖެޓްގައި 46 މިލިއަނެއް އިން އިރުގައި 34 ރަށުގެ ނަރުދަމާ އަދި ފެން ގާއިމްކުރުމުގެ ނަމުގައި އިންޑިއާގެ އެގްޒިމް ބޭންކުން 463 މިލިއަން 79 ހާސް 274 ރުފިޔާގެ ލޯނެއް އެބަ އޮތް ނަގާފައި. ހަމަ އެއާއެކު އެއަހަރުގެ ބަޖެޓްގައިވެސް 195  މިލިއަން 1 ލައްކަ ހަހާސް 666 ރުފިޔާ އެބަ އޮތް ބަޖެޓް ކޮށްފައި. ދެން އަނެއްކާ ހަމަ އެހެން ކެޓެގަރީ އެއްގައި ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިިޓޭޝަން އެންޑް ވޭސްޓް މެނޭޖްމެންޓްގެ ނަމުގައި އަނެއްކާވެސް ގްރީން ފަންޑުން 218 މިލިއަން 866 ހަހާސް 194 ރުފިޔާ ބޭނުން ކޮށްފައިއެބަވޭ. ހަމަ އެއާއެކު ބަޖެޓުން އަނެއްކާވެސް 66 މިލިއަން 633 ހާސް 908 ރުފިޔާ އެބައިން ބަޖެޓްކޮށްފައި. އޯފީޑްގެ ލޯނެއް 17 މިލިއަން 2 ލައްކަ 50 ހާސް 946 ރުފިޔާ ބޭނުން ކުރި އިރުގައި ޓްރަސްޓް ފަންޑުންވެސް އެބަހުރި ފައިސާ ބޭނުންކޮށްފައި.

ސައީދު ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދު ކުރަނީ ރަށްރަށުގައި ގާއިމްކުރާ ނަރުދަމާ އެޅުން ފަދަ މަޝްރޫއުތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: