ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއީ ގަތުމަށް އިތުރަށް ދިން ފައިސާ އަނބުރާ ހޯދަން އަންގައިފި

ކޮވިޑް ރެންޑަމް ސާމްޕަލް ނެގުމަށް މީހުން މަޑުކުރުވަން ފުލުހަކު ހަރަކާތްތެރިވަނީ/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހޯދުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ބަޔަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިހާތަނަށް އެތަކެތި ލިބިފައިނުވާތީ އިތުރަށް ދީފައިވާ 500،00 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އަނބުރައި ހޯދަން އަންގައިފި އެވެ.

އޮޑިޓް އޮފީހުން އާއްމު ކޮށްފައިވާ ކޮވިޑް19 ކޮމްޕްލައިންޑްސް އޮޑިޓް ރިޕޯޓްގައިވާ ގޮތުން އަމިއްލަ ކުންފުންޏަކާއި ހެލްތް މިނިސްޓްރީ އިން ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާއި އެއްގޮތަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ.

ޕީޕީއީ ސަޕްލައިކޮށްދިނުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން އަމިއްލަ ފަރާތަކާއިއެކު އެއްބަސްވުމެއް އެކުލަވާލައިފައިވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދީފައިވަނީ 555/00 ގައުންސް އާއި 100450 ޝޫ ކަވާގެ އިތުރުން 100450 ހެޑް ކަވަރެވެ. އެ ތަކެއްޗަށްވާ 4532674 (4.5) މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީގެ ފަރާތުން ވަނީ މަސައްކަތް ހަވާލުކުރި ފަރާތަށް ދީފައެވެ.

ރިޕޯޓްގައިވާ ގޮތުން ތަކެތި ފޯރުކޮށްދޭން ހަވާލުވި ފަރާތުން މުއްދަތު އިތުރުކުރުމަށް އެދިފައިވާތީ އޭގެ ކުރިން ފޯރުކޮށްދިން އައިޓަމްތަކުން، އެއްބަސްވުމުގަިއވާ ގޮތަށް އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ލިކުއިޑޭޓް ޑެމޭޖަސް ކަނޑަންޖެހޭނެ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގައި ތަކެތި ހަވާލްކުރި ފަރާތަށް ފައިސާ ހަވާލުކުރިއިރު ލިކުޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި އެއްވެސް ފައިސާ އެއް އުނިކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އޭގެ ސަބަބުން މަސައްކަތާއި ހަވާލްވި ފަރާތުން ފޯރުކޮށްދީފައިވާ އައިޓަމްޓަކަށް ފައިސާ ދައްކާފައިވާއިރު 517915 (ފަސްލައްކަ ސަތާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ) އިތުރަށް ދީފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ލިކުއިޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ފައިސާ ހަވާލުކޮށްފައިވާތީ އެ ފައިސާ އަކީ އެފަރާތަށް އިތުރަށް ދީފައިވާ ފައިސާ ކަމަށްވާތީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން އެކަމުގައި ޒިންމާވާ ފަރާތުން ދައިސާ ދެވުނު ފަރާތުގެ އަތުން އަނބުރައި ހޯދައި ޖަމާކުރަންޖެހޭ އެކައުންޓަކަށް އައިޓަމަކަށް ޖަމާކުރުމަށް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: