ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީގެ މަގުސަދަކީ، ވޯޓަކައި ނުލައި ވެރިކަން ހޯދުން: އިބުރާ

އިބްރާހިމް އިސްމާއިލް އިބްރާ ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ޕާޓީ ލިސްޓުގައި މަޖިލީހަށް މެމްބަރުން ނަގާ ވާހަކަތައް ދެއްކުމާއިއެކު، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަކީ ގިނަ ފުރުސަތުތަކުގެ މަތިން، ޑިމޮކްރެސީގެ ވާހަކަތައް ދައްކަވާ، އެ ނިޒާމަށް ވަކާލާތު ކުރަމުންދާ ފަރާތެއްކަމަށް ފާހަގަކުރައްވާ، އިބްރާހިމް އިސްމާއިލްވަނީ އެ ފަދަ ފަރާތެއް، ޕާޓީ ލިސްޓެއްގައި ވަކި ފަރާތްތަކެއްގެ ނަން ހިމަނައިގެން ރައްޔިތުންގެ ބަހަކާއި ނުލައި، މަޖިލީހަށް މެމްބަރުން ނަގާ ވާހަކަތައް ދެއްކުމުން ދޭހަވާ މާނައާއި މެދު ސުވާލު އުފައްދަވާފައެވެ.

ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާ، އިބްރާ ވިދާޅުވީ، ރައީސް ނަޝީދުގެ ވިޝަންއަކީ، ރައްޔިތުން ބާރުވެރި ކުރުވުމެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދުގެ ބޭނުމަކީ، ޕާޓީ މެދުވެރިކޮށް، މަދު ބައެއްގެ އަތުގައި ދިވެހިރާއްޖޭގެ ބާރުތައް ބޭއްވުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަށް އިދިކޮޅުގެ ލީޑަރު ރައީސް ޔާމީންވެސް ބޭނުންވާކަމަށާއި، މަގުސަދަކީ، ވޯޓަކާއި ނުލައި، ވެރިކަމެއް ހޯދުންކަމަަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

 

 

ބަރުލަމާނީ ނިޒާމަކީ، ޑިމޮކްރެސީގެ ނިޒާމުގެ މުހިންމު އުސޫލުތަކެއް ގެއްލިގެންދާނެ ނިޒާމެއްކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، އިބްރާހިމް އިސްމާއިލްވަނީ، ރައީސް ޔާމީނަށާއި، ރައީސް ނަޝީދަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީނާއި، ރައީސް ނަޝީދަށް މަޖިލީހުން ގޮނޑިއެއްވެސް ލިބޭނީ އެ ފަރާތްތަކުގެ ނަން، ޕާޓީ ލިސްޓެއްގައި ހިމެނިގެންކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، ޕާޓީ ލިސްޓެއްގައި ޕާލިމެންޓު މެމްބަރުން ނަގާ ބަރުލަމާނީ ނިޒާމުގެ ނުރައްކާތެރިކަން އަވައްޓެރި ސްރީލަންކާއިން ފެންނަމުންދާކަމަށެވެ. އަދި އެ ގައުމުގައި ވެރިކަން ކުރަމުންދަނީ، މަޖިލީހަށް ކުރިމަތިލުމުން ރައްޔިތުން އެނާއަށް އިންކާރުކޮށްފައިވާ މީހެއްކަމަށާއި، މަޖިލީހަށް ވަނީ ޕާޓީ ލިސްޓުގައި ކަމަށް ފާހަގަކުރައްވާ އިބްރާ ވިދާޅުވީ، އެހެން ނަމަވެސް ރައްޔިތުން ނުކުމެ އެގައުމުގެ ރައީސް ވެރިކަމުން ދުރުކުރުމާއި އެކު، އެ މީހާ މިހާރު ހުރީ ސްރީލަންކާގެ ރައީސްގެ މަގާމުގައިކަމަށެވެ.

ރައީސް ނަޝީދު، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައެޅުމާއި އެކު، އެ ޕާޓީގެ ތެރޭގައިވަނީ ބައިބައިވުންތައް އުފެދެން ފަށާފައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ފަރާތްތައް ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަތައް ދައްކަމުންދާއިރު، ރައީސް ސާލިހު އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ހާމަ ކުރުމާއި އެކު، ރައީސް ސާލިހު ފެކްޝަންގެ މެމްބަރުންދަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރާކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އިބުރާއަކީ ދުނިޔޭގައި ހުރި ހަމަ އެކަނި “ދުރުވިސްނޭ ޅިޑަރު”
    މީނާ ވިސްނާލެއް ދުރުކަމުންގޮސް ރަނިންމޭޓަކަށް އަންހެންކުނަގައިގެން ރައީސްކަމްށް ނުކުމެ ރިޔާސީ ރޭހުގެ ގޯނީގެ އެއްމެފުލުގައި އޮއްނަން ޖެހުނީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: