ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސީރަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ތިން ދުވަސް ދީފި

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ކޯޓުން އެންމެ ފުރަތަމަ ނަސީރުގެ ބަންދުގެ މުއްދަތު ދިނީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ހާޒިރުކުރުމުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނަސީރު އިތުރު ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަންގާފައެވެ.

ތިންދުވަސް ތެރޭގައި ނަސީރުގެ ތަހުގީގާއި ގުޅިގެން ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމާ ނިންމުމެއް ޝަރީއަތަށް ހުށައެޅުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވުމާއި ގުޅިގެން ނަސީރު ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ނަސީރުގެ އިތުރުން އެ މައްސަލައިގައި ހައްޔަރު ކުރެވުނު އިތުރު މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނެއެވެ. ނަޝީދު އާއި ނާޒިމް ސައްތާރު ވަނީ މިހާރު ދޫކޮށްލާފައެވެ.

ބަންގްލަދޭޝްގެ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު 250 އެއްހާ މީހުންގެ މައްޗަށް ކުރެވޭއިރު އެ މީހުންގެ ތެރެއިން ތަހުގީގަށް ހެކި ލިބެމުންދާ މިންވަރަކުން  އެ ބަޔަކު ފުލުހުންގެ މުވައްސަސާ އަށް ހާޒިރު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ޓީޗަރުންތަކެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒިފަކު ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: