ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށްކުރި 40 ދަޢުވާއަށްވެސް އަލަމްގިރި އިއުތިރާފްވެ، ޙުކުމް ކުރުން ބުދަ ދުވަހު!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ ހުކުމްތަންފީޒް ކުރަމުންދާ އެމްޑީ އަލަމްގިރީގެ މައްޗަށް އޮރިޔާން ކާޑް ހެދުމުގެ ކުށުގެ 40 ދައުވާ އަމިއްލަ އިއުތިރާފުން ސާބިތުވުމާއެކު، ހުކުމް ކުރުން މި ހަފްތާގެ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޕޮރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ، އިއްޔެގެ އަޑު އެހުމުގައި އަލަމްގީރުވަނީ އޭނާގެ މައްޗަށް އުފުލި 40 ދައުވާއަށްވެސް އަމިއްލައަށް އިއުތިރާފްވެފައިކަމަށާއި، ދެން އޮންނާނި އަވަސްނިޔާއިން މައްސަލަ ނިންމެވުން ކަމުގައެވެ.

“އިއްޔެގެ އަޑު އެހުމުގައި އެމްޑީ އަލަމްގިރިވަނީ އޭނާގެ މައްޗަށް ކުރެވުނު އޮރިޔާން ކާދު ހެދުމުގެ 40 ދައުވާއަށްވެސް އިއުތިރާފްވެފަ. އެހެންވީމަ، ދެން އޮންނާނީ އަވސްނިޔާއަކުން މައްސަލަ ނިންމާ ހުކުމްކުރުން.“ ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް “ސަންގު“ އަށް ވިދާޅުވިއެވެ.

ލަމްގިރީގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން މި ބުދަ ދުވަހަށް ތާވަލުކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޤާނޫނު އަސާސީގައި ވާގޮތުން، އޮރިޔާން ކާޑު ގެންގުޅުނުކަމަށް ސާބިތުވެއްޖެނަމަ 27 ދުވަހުގެ ޖަލު ހުކުމެއް އެމީހަކަށް އަންނާނެއެވެ. އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ 40 ދައުވާއަށް އަލަމްގީރު އިއުތިރާފްވެފައިވާއިރު، ބެލެވޭގޮތުން 2 އަހަރާއި 9 މަސް ދުވަހުގެ ޖަލު ހުކުމެއް އަލަމްގީރަށް އަންނާނެއެވެ.

ލަމްގިރީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާއި ހަވާލާދީ އެމާއްދާގެ (ބ) ގެ 2 ވަނަ ނަމްބަރުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު ގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ކުރެވުނު ހުކުމަކީ 3 މަސް ދުވަހު ގޭބަންދު ކުރުމެވެ. އަދި އަބްދުއްރަހްމާން ރަފީއު ގެ މައްޗަށް ވަނީ 1 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. ނަމަވެސް ޕޮލިސް އޮފިސަރުގެ މައްޗަށް މާބޮޑު ހުކުމެއް އިއްވާފައިވާކަމަށް ދެކޭތީ ދައުލަތުން ދަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: