ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ އިސްވެރިން، ރައްޔިތުންގެ ހައްގުތައް ކަތިލައި، އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެ: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭ މީހުން، އެހެން މީހުންގެ ހައްގުތައް ކަތިލައި، އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން، ކުރިއަށް ގެންދިޔަ، އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގައި، އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް، ގޮފިތަކުގެ މަންދޫބުންގޮތުގައި ބައްދަލުވުމުގައި ބައިވެރިވި މީހުން ދިފާއު ކުރައްވާ ވާހަކަދައްކަވާފައިވާ ޝަރީފް ވިދާޅުވީ، ސިޔާސީ ވެރިން އުޅެންވާނީ، މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށްކަމަށެވެ.

ޝަރީފް އިޝާރާތްކުރެއްވި ގޮތުން، ދިވެހި މުޖުތަމައުގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ކުރަމުންދާ ބައެއް މީހުން، މަސައްކަތް ކުރަމުންދަނީ، އަމިއްލަ މަންފާއަށެވެ. އަދި އެކަމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ސިފަކުރައްވާ ޝަރީފް ވިދާޅުވީ، ސިޔާސީ ވެރިން އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނުވާނެކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކުގެ ބަދަލުގައި އަމިއްލަ ނަފްސު ކުރިއަރުވައިގެން ނުވާނެކަމަށް ދޭހަވާ މޭރުމަކުން އެނާ ވަނީ ވާހަކަދައްކަވާފައެވެ.

ޝަރީފްގެ ވާހަކަތަކަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން އެނާގެ ދަރި، މިޒްނާ ޝަރީފަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކާއި ގުޅުވައި ނޫހެއްގައި ޝާއިއު ކޮށްފައިވާ އާޓިކަލްއަކާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތައްވެސް އެނާ ވަނީ ދިފާއު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، މިޒްނާއާއި ގުޅުވައި އާޓިކަލްއެއް ޝާއިއުކޮށްފައިވާ ނޫހަކީ، ބައެއް ސިޔާސީ މީހުންނަށް އަމާޒުކޮށްގެން ދޮގު ވާހަކަތައް ފަތުރަމުންދާ ނޫހެއްކަމަށެވެ. އަދި މިޒްނާގެ މުސާރަ، އެފަދަ މަސައްކަތްތަކުގައި އުޅޭ އެހެން މުއައްޒިފުންނާއިވެސް އެތްގޮތްވާކަމަަށާއި، ފަސް ގުނަ އިތުރަށް ލިބެމުންދާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ދޮގެއްކަން، އޮޑިޓާރ ޖެނެރަލްގެ އޮފީހުން ކަށަވަރު ކުރެވެން އޮންނާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: