ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީ ގަޑުބަޑުކުރުމުން ހިތްހަމަޖެހުމެއް ނެތް: ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ އައްޑު ސިޓީ ަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު/ ފޮޓޯ:- ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނީ މެންބަރުން ”އެންޓަޓެއިން“ ކުރުވާ އުސޫލުން ނޫންކަމާއި، ކުއްލިއަކަށް ޖޭއެސްސީއަށް ބަދަލު ނުގެވޭނެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިންރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފު މިހެން ވިދާޅުވީ މިއަދު ބޭއްވި މަޖުލިސް ޖަލްސާގައ،ި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޡާރިގު ހުށައެޅުއްވި 158 ވަނަ މާއްދާ (ޖޭއެސްއީ) އަށް ބަދަލު ގެނައުމަށް ހުށައެޅި ބިލާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީ ގަޑުބަޑު ކުރުމަކުން ހިތްހަމަޖެހުމެއް ނެތް ކަމަށެވެ އަދި ގައުމެއްގެ ޖުޑިޝަރީ ހިންގަން ތިބެން ވާނީ އެކަމަށް ގާބިލު ބައެއްކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ޤާނުނުތައް ދިރާސާ ކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި، އެންމެ ފުރިހަމަ ޤާނުނެއް ކަނޑައެޅިފައި އޮތީ ކުރީގެ ސޮވިއެޓް ޔޫނިއަންގައިކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، އެތަނުގައި ވެސް އޮތީ ރައްޔިތުންގެ އާރާއިބާރު ނެތް ސިސްޓަމެއް ކަމަށެވެ. ޤާނޫނު އަސާސީގައި އޮތް ގޮތައް އަމަލު ނުކުރެވޭނަމަ ދައުލަތެއް ވަކިވުމަކަށް ލަހެއްފަހެއް ނުވާނެކަން ޝަރީފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖުޑިޝަރީ ހިންގުމަށް ތިބި މެންބަރުންގެ ޙިޔާލާއި ފިކުރާ ވިސްނުން އަދި ނިޔަތް ސާފުކޮށްގެން ނޫނީ ޤައުމެއް ނުހިންގޭނެ ކަމަށެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނީ މެންބަރުން ”އެންޓަޓެއިން“ ކުރުވާ އުސޫލުން ނޫންކަމާއި، ކުއްލިއަކަށް ޖޭއެސްސީއަށް ބަދަލު ނުގެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. ޖޭއެސްސީ ބަދަލު ކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް ރައްޔިތުންގެ ތެރެއިން މިކަމަށް ޝައުގު ހުރި ބޭފުޅުންގެ ވިސްނުން ހުރިގޮތް ބެލުމަށްފަހުކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަޖުރިބާކަރުންގެ  ލަފަޔާއި އިރުޝާދުގެ ދަށުން މެނުވީ ޖޭއެސްސީއަށް އެއްވެސް ބަދަލެއް ގެނައުން ރަނގަޅު ނޫންކަމަށް ޝަރީފްގެ ވާހަކައިގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ކަމަކީ ކަމުގެ ގޮތުން އެހާ ދޯދިޔާ ކަން ފަސޭހަކޮށް ނިންމާލެވޭ ކަމެއްގެ ގޮތުގައި ނިންމައިގެން ނުވާނެ ކަމަށެވެ.

ނޫ ގާނޫނު އަސާސީ އާއި އަދި ފެހި ގާނޫނު އަސާސީ އެކުލަވާލީ ވެސް ތަޖުރިބާކާރު އެތައް ބަޔަކާއި އެކު މަޝްވަރާކޮށްގެންކަން ފާހަގަކޮށް ޝަރީފް ވަނީ މިއީ ވަގުތާއި ދިރާސާ ބޭނުންވާ މައްސަލައެއް ކަމަށެވެ.

”ރައްޔިތުން އެދޭ ގޮތަކަށް ވެސް އަޅުގަނޑު ފުންކޮށް ވިސްނާލިން. ސިޔާސީ ނުފޫޒުން އެއްކިބާވާން ޖެހޭ. މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ކޮންމެ ކަމަކަށާއި މިނިވަން މުވައްސަސާތަކުގެ ޖޭއެސްސީ ފަދަ މިނިވަން މުވައްސަސާތަކަހުރީ ގުޅިލާމެހިފަ. މިތަނުން އަޅުގަނޑުމެން ވަރަށް އުނދަގޫކޮށް ފަނޑިޔާރުން މަޤާމުން ދުރު ކުރެވެނެގޮތް ހިތުން ހެދިން.. ލިޔުނިން، ކަނޑާ ވަޅުނެގިން، އެހެން ނަމަވެސް މަޖިލިސްގެ އިއްޒަތްރެތި މެންބަރުންގެ ތިންބައިކޮށްފަ ދެބައި މީހުން އެމީހުން ނުރުހޭ ފަނޑިޔާރުންވެސް ޖެއެސްސީ މެންބަރަކުލިޔަސް ވަގުތުން ބަލާނުލާ ވަކިކުރާކަމަށް ވަނީ. އެ ވިސްނުން އަޅުގަނޑުނެންގެ ހުރީކަމަށް ވަނީ ވިއްޔާ. ދެނަ ނުކުންނާނެ މައްސަލަ އޮންނާނެ.. ކޮންމެ ބަޔަކު، ކޮންމެ މުވައްސަސާއަކަ ލިޔަސް އެ މުވައްސަސާއެއްގެ މިނިވަން ކަމެއް ނޯންނާނެ. މީ ހަޤީޤަތް.“ ޝަރީފް

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރަށްވާ ޝަރީފު ވިދާޅުވީ، ނުފޫޒު ފޯރުވަން ބޭނުން ފުޅުނަމަ އެކަން ކޮންމެ ތަނެއްގަ ހުންނަވައިގެން ވެސް ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިންނަވައިގެން ނުފޫޒު ފޯރުވޭނެކަމަކަށް ޤަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އިޙުލާސްތެރިކަމައި އެކު މައްސަލައެއްގައި ގޮތެއް ނިންމާނަމަ، ނިންމަވަންޏާ ރައީސް ނަޝީދު މަޖިލިސް ރައީސެއްގެ ގޮތުގައި އިންނެވުން އެއީ މައްސަލައެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ގެނެވޭ ބަދަލުން ކޮންމެވެސް ވަރެއްގެ އިސްލާހެއް ގެނެވިދާނެކަން ފާހަގަކުރައްވައި ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: