ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ބަޖެޓުގެ މުހިންމުކަން ނުފެންނަނީ ވަކި ކޮޅަކަށް ޖެހިގެން ތިބި މީހުންނަށް: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ބަޖެޓަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް މުހިންމު އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް އެކުލަވާލެވުނު ބަޖެޓެއްކަން ވަކި ކޮޅަކަށް ނުޖެހި ހުރި ކޮންމެ މީހަކަށްވެސް ސާފުވާނެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

2023ގެ ބަޖެޓާއިމެދު ބައެއް ކަންބޮޑުވުންތައް ހުރިކަމަށް ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ފާހަގަކުރައްވަމުންދާ ދަނޑިވަޅެއްގައި، ބަޖެޓު އެކުލަވާލެވިފައިވަނީ އެކަށީގެންވާ ގޮތެއްގެމަތިންކަމަށް ސިފަކުރައްވާ ޝަރީފްވަނީ ބަޖެޓުގައި މައްސަލަތަކެއް ހުރިކަމަށް ފެނިގެންދަނީ ވަކި ކޮޅަކަށް ޖެހިގެން ތިބި ފަރާތްތަކަށް ކަމަށް އިޝާރާތްކުރައްވާފައެވެ.

އެނާ ވިދާޅުވީ، 2023ގެ ބަޖެޓުގެ މަގުސަދަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އިންފްރާ ސްޓްރަކްޗާގެ ކަންކަން ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުންކަމަށެވެ. އަދި އޭގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުންތައް މަގު ކޮށި، ގައުމުގެ މަސައްކަތްތެރިކަން އިތުރުވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ބިނާ ކުރުމަށް ކަނޑައެޅިފައިވާ މުހިންމު އިންފްރާސްޓްރަކްޗާ އަކީ ގައުމުގެ މަސައްކަތްތެރިކަން އިތުރުކޮށް އިގުތިސާދު އާރާސްތުކުރުމުގައި ރޯލެއް އަދާކުރާނެ ކަންކަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާއިރާތައް ފުޅާވެ ވިޔަފާރިތަކަށް ފުރުސަތުފަހިވެގެންދާނެކަމަށާއި، އެހެންކަމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ދިވެހި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރުވެސް އިތުރުވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: