ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒްކުރުމަށް އޭސީސީއިން އެދިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުންފުންޏެއްކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތައް ދޫކޮށްލުމަށް ސިވިލްކޯޓުން ކުރި އަމުރު ބާތިލްކޮށް އެކައުންޓްތައް އަލުން ފްރީޒް ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަން ފަށައިފިއެވެ.

ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލްވާ އެސްއޯއެފުން ވަނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ރާއްޖޭގެ އެކި އެކި ކުންފުނިތަކަށް ޑޮލަރު ގަތުމާއި ވިއްކުމުގެ ނަމުގައި ކޮށްފައެވެ. އެކުންފުނިން އެ މުއާމަލާތް ތައް ކޮށްފައިވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ  ލައިސަންސް ނެތިކަން ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގުޅިގެން އެ އެކައުންޓް ފްރީޒްކުރީ 2020 ވަނަ އަހަރު ސިވިލްކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.

އެ ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއަރުސީއަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.

އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލުމަށް ސިވިލްކޯޓުން އަމުރުކޮށްފައިވަނީ މިމަހުގެ 07 ވަނަ ދުވަހުއެވެ. އެކައުންޓް ދޫކޮށްލި އިރު ހުރީ ކިހާ ފައިސާއެއް ކަމާއި އެކައުންޓް ދޫކޮށްލީ ކޮން ފަރާތަކުން އެދިގެން ކަމެއް ސާފެއްނުވެއެވެ.

އޭސީސީގެ ފަރާތުން އެސްއޯއެފްގެ އެކައުންޓްގައި ފައިސާ ހުރިވަރު ބަލާފައި އަލުން ފްރީޒްކުރުމުގެ އަމުރަކަށް އެދެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: