ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއެފްގެ އެކައުންޓް ފްރީޒް ކުރަން އެދެންޖެހޭ ސަބަބެއް ނެތް: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިސާ ލޯންޑަރ ކުރުމުގައި އިސް ދައުރެއް އަދާކުރި ކުންފުންޏެއްކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް ފްރީޒް ކުރަން އެދެންޖެހޭ ސަބަބެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުވުމުގައި  އެސްއޯއެފް ކުންފުނީގެ އެކައުންޓް2020 ވަނަ އަހަރުގެ ތެރޭގައި ފްރީޒް ކޮށްފައިވަނިކޮށް އެ އެކައުންޓް ފްރީޒް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އޭސީސީ އިން ވަނީ އެސްއޯއެފްގެ  އެކައުންޓްގައި ފައިސާ ހުރިތޯ ބަަލައި އެ އެކައުންޓް އަލުން ފްރީޒް ކުރުމަށް މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

އޭސީސީގެ ފަރާތުން ބުނެފައިވަނީ އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވަނީ އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒް ކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެ ކޮމިޝަނުން އިތުރަށް ވިދާޅުވެފައިވަނީ އެސްއޯއެފްގެ ނަންމަތީ އެޮތް އެކައުންޓް އަންފްރީޒް ކުރި ނަމަވެސް އެ ކުންފުންޏާއި ގުޅުން ހުރި އެހެނިހެން އެކައުންތައް އަދިވެސް ވަނީ ފްރީޒްކޮށްފައި ކަމަށެވެ.

އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާކުރި  ކުންފުންޏެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކިމީހުންނަށް ދިނުމުގައި އެސްއޯއެފް ކުންފުނިން އިސްދައުރެއް އަދާކޮށްފައިވާކަން ރިޕޯޓްތަކުން ފާހަގަވެފައިވެއެވެ. ނަމަވެސް އެކުންފުނީގެ އިސްވެރިންގެ މައްޗަށް ދައުވާ ކޮށްފައިނުވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. ނަމަވެސް މިހާރު ވަނީ އެ ކޮމިޝަން އުވާލައިފައެވެ.

މިހާތަނަށް މި ސަރުކާރުން ކުރި މަސައްކަތުން ވެސް އެހިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެސްއޯއެފް ކުންފުނީގެ މައި ހިއްސާދާރު، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހުގީގު ހިންގަން ފެށިއެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާތީ އޭނާ އާއި އިތުރު ބަޔަކު ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މޮހޯގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދައުލަތުގެ ހެއްކަކަށް އޭނާ ހަދައިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް  އޭސީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: