ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ކޮމަންވެލްތުގެ ޕާލިމެންޓަރީ އެސޯސިއޭޝަނާއި ގުޅިއްޖެ

ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ، ކޮމަންވެލްތު ޖަމާއަތުގެ ޕާލިމެންޓަރީ އެސޯސިއޭޝަނާއި ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުން އެ ޖަމާއަތުގެ އާންމު މަޖިލީހުގައި ބަލައިގަނެފިއެވެ.

ރާއްޖެ ކޮމަންވެލްތު ޖަމާއަތުން ވަކިވެފައިވާތާ ގިނަ އަހަރުތަކަކަށްފަހު، އަނބުރާ ގުޅިފައިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިސްނެގުމުގެ މަތިންނެވެ. ކޮމަންވެލްތު ޖަމާއަތުގެ ޕާލިމެންޓަރީ އެސޯސީއޭޝަނުން، ރާއްޖޭގެ ހުށައެޅުން ބަލައިގަނެފައިވަނީ، ކެނެޑާގެ ހެލިފެކްސްގައި ބޭއްވި 65 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް ބައްދަލުވުމެ ތެރެއިންނެވެ.

ކެނެޑާގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތުގެ އާންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތު ޖަމާއަތާއި ވަކި ވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދައުރުގައެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ ޕާލިމެންޓަރީ އެސޯސިއޭޝަނާއި ގުޅުމަށް އެދުނު އެދުން ބަލައިގަނެފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ދާދި ފަހުންވެސް އެ ޖަމާއަތަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އެ ޖަމާއަތަކީ، އެއްވެސް ގައުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޖަމާއަތެއް ނޫންކަމަށާއި، ޖަމާއަތުގެ އެންމެ ބޮޑު އެއް މައްސަލައަކީ ބޭންކެއް ނެތުންކަމަށްވެސް އެ މަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: