ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދުގެ އެޑުހުން މާދަމާ ފަށަނީ!

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އާއި އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ މެންދުރު ފަހު 03:30 އަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށުގެ ދައުވާއެވެ. ޖިންސީ ގޯނާ އާއި، މިފަދަ މައްސަލަތަކުގެ ޝަރީއަތް ބާއްވާނީ ސިއްރުން ކަމަށްވާތީ މި ޝަރީއަތް ކަވަރު ކުރުމަށް ނޫސްވެރިންނަށް ނުވަދެވޭނެ އެވެ.

އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިނގާކަމަށް ބުނާ ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަލަމްގިރި ހިމެނޭހެން މި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ އަބްދުއްރަހްމާންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ފާހިޝް އަމަލުތައް ހިންގާކަމަށް ބުނާ ކޮޓަރިއަށް ގެންދިޔައީ ބިޒްނަސް މީޓިންއެއްކަމަށް ބުނެކަމަށާއި، އަދި އޭނާ އެ އަމަލު ހިންގާފައި ނުވާނެކަމަށް ނަޝީދު ބުނެ އެވެ. އަދި އެ ކޮޓަރިއަށް ވަތް މަންޒަރު އާއްމުކުރާނެކަމަށް ބިރު ދައްކައި، ފައިސާ ދޭން ބުނި ނަމަވެސް އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށް ބުނެ ޓުވީޓު ވެސް ކުރެއްވި އެވެ.

އަލަމްގިރި ހައްޔަރުކޮށް އޭނާގެ ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި އޭނާގެ ބަޔާން ވަނީ ލީކުވެފަ އެވެ. އެ ބަޔާނުގައި އޭނާ ވަނީ ނަޝީދާއި އެކު ހުޅުމާލޭގެ ގެސްޓް ހައުސްއަކަށް ދިޔަކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާއަށް ހަދިޔާއެއްގެ ގޮތުގައި 3000 ރުފިޔާ ދިން ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި އޭނާ ވަނީ ނާޒިމް ސައްތާރާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކާފަ އެވެ.

މި މައްސަލައިގައި މިއަދު އަލަމްގިރިގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: