ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނގޫފާރު ސުކޫލަށް މި ހަފްތާގެ ތެރޭ ޕްރިންސިޕަލްއެއް ހަމަޖެހޭނެ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރު ސުކޫލުގައި ޕްރިންސިޕަލްއެއް ނެތި ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ނަމަވެސް މި ހަފްތާ ތެރޭގައި އެ ސުކޫލަށް ޕްރިންސިޕަލެއް ހަމަޖެހިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓާރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރުވަނީ ހާޒިރުކުރެވިފައެވެ. ސުވާލު ކުރަން ލިބުނު ފުރުޞަތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަޙީދު (ވައްޑެ) ވަނީ އުނގޫފާރު ސުކޫލުގައި ޕްރިންސިޕަލެއް ނެތުމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަމުންދާކަމަށްބުނެ އެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހަކާއި މެދު ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އުނގޫފާރުގައި ޕްރިންސިޕަލެއް ނެތްތާ ދުވަސްކޮޅެއް ވެފައިވާކަމަށާއި، ޕްރިންސިޕަލް އެއް އެ ސުކޫލުގައި ނެތް ސަބަބަކީ އެ ސުކޫލުގައި ހުންނެވި ޕެރިންސިޕަލް ވ ފުލިދޫއަށް ބަދަލުވުމާއި ގުޅިގެންކަމަށެވެ. އަދި، އުނގޫފާރަށް ޕްރިންސިޕަލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއްމެ ފަހުން ޕްރިންސިޕަލްއެއް ހޯދުމަށް ކުރެވުނު އިއުލާނުގައި ޝަރުތުގެ މައްސަލައެއް އިން ކަމަށެވެ. އެހެންކަމުން، އެ ކުށް އިސްލާހުކޮށް އަލުން އިއުލާނު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަފްތާ ތެރޭގައި ބޭރު ޕްރިންސިޕަލްއެއް ފޮނުވައިދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ މި ހަފްތާ ތެރޭ އަޅުގަނޑު ފޮނުވައިދޭނަން ބޭރު ޕްރިންސިޕަލެއް. ވަރަށް ރަނގަޅު ބޭފުޅެއް އެބަހުރި. ދެން މި ހަފްތާތެރޭ ފޮނުވުމުގެ މަސައްކަތް ކުރެވިގެންދާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކާގައި އިތުރަށް ވިދާޅުވީ، ރަނގަޅު ޤާބިލް ދިވެހި ޕްރިންސިޕަލް އިން ސުކޫލުތަކަށް ހޯދުމުގައި ދަތިތަކާ ކުރިމަތި ވާކަމަށެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޢިއްޒަތްތެރި މިނިސްޓަރަށް ދަންނަވަމެވެ. ބޭރު މީހަކު ޕްރިންސިޕަލަކަށް އުނގޫފާރު ސްކޫލަށް ބޭނުމެއް ނުވެައެވެ. ދިވެއްސެއް ހޯއްދަވައިދެއްވާ އާދޭސް ކޮށްފަ ދަންނަވަން.
    ޢަންނާނެ ދިވެހިންވެސް އެބަތިއްބެ

  2. މިނިސްޓަރުމެން ޖެހިލުންވެސް ނުވެޔޭ ދޯ ރައްޔިތުން ކުރިމަތީ ބޮޑެތި ދޮގު ހަދާލަން. މިނޫނަސް ދުވަހެއް އެބަ އޮތް ވިއްޔަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: