ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކުގެ ވެރިންނަށް ހިންގުންތެރިއަކަށް ވެވޭނީ، އަމިއްލަ ކަންކަމުގެ މައްޗަށް މަދަރުސާ އިސްކޮށްގެން: މިނިސްޓަރ

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސުކޫލުތަކުގެ ވެރިންނަށް، ޒިންމާދާރު ރަނގަޅު ހިންގުންތެރިއަކަށް ވެވޭނީ އަމިއްލަ ޒަރޫރީ ކަންތައްތަކުގެ ކުރިއަށް މަދަރުސާ އިސްކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ކުރިޔަށްގެންދިޔަ ސްކޮލާޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި، ”މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް“ ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ބައިވެރިންނަށް މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުންނަކީ ވަރަށް ބޮޑު ޒިންމާއަކާއި ހަވާލުވާ ބައެއްކަމަށާއި، އެ ޒިންމާގެ ބޮޑުކަން ހަދާނުގައި ބަހައްޓަން ޖެހޭނެކަމަށެވެ.

މި މަސައްކަތްކުރައްވާ ބޭފުޅުންނަށް އެތައް ގޮންޖެހުންތަކަކާއިވެސް ކުރިމަތިވާނެކަމަށާއި، ނަމަވެސް ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެނަމަ ދެމެހެއްޓެނިވި ހިތްހަމަޖެހުން ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ ފަރާތްތަކެއްކަމަށާއި، ކްލާހުގައި ކިޔަވައިދޭ މުދައްރިސުން ފިޔަވައި ދަރުވަރުންގެ ތައުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސުކުލުގެ ހިންތުންތެރިންނަށްކަމަށެވެ. ސްކޫލުތަކުގެ ވެރިންނަކީ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް، އެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ހާލަތްތަށް މެދުވެރިކުރުވާ ފަރާތްތަކަކަށް ވާންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސުކޫލުތަކުގެ ވެރިން ވާންޖެހޭނީ ބެލެނިވެރިންނާއި ދަރިވަރުންނާއި ގުލުން ބަހައްޓާ ފަރާތްތަކަކަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އިތުބާރުކުރެވޭ ގުޅުންތައް މުދައްރިސުންނާއި، ދަރުވަރުންނާއި، ރައްޔިތުންނާއިމެދު އުފައްދާ، އެގުޅުންތައް ހަންހާރަކުރާ ބަޔަކަށް ޕްރިންސިޕަލުން ވާނެކަމަށް އުއްމީދުކުރަން. އަދި ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި އަދުލާއި ހަމަހަމަކަމާއިއެކު ހުރިހާ ފަރަތްތަކާއިއެކު މުއާމަލާތުކުރަން ކެރޭ ބަޔަކަށް ވާނެކަމަށް އުއްމީދުކުރަން.“ މިނިސްޓަރ

ރަނގަޅު ހިންގުންތެރިންނަކީ ނަމޫނާ ދައްކައިގެން މަސައްކަތްކުރާ މީހުންކަމަށް ފާހަކޮށް މިނިސްޓަރު ވިދާޅުވީ ރަނގަޅު ހިންގުންތެރި ވެރިއަކަށްވުމަށް އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި މުޖުތަމައުގެ އެހެން ފަރާތްތަކާއި ފަސޭހަކާއިއެކު ބައްދަލުކުރެވި ވާހަކަދެކެވޭ ބަޔަކަށްވާންޖެހޭނެކަމަށެވެ. އަދި އުދަނގޫ ހާލަތްތަކުގައި ކެތްތެރިވާންޖެހޭނެކަމަށާއި، ފިޔަވަޅު އެޅުމުގެ ކުރިން ވިސްނަންޖެހޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ޒަރޫރީ ބޭނުންތަކުގެ ކުރިއަށް މަދަރުސާގެ ބޭނުންތައް އިސްކުރާ ބަޔަކަށްވެގެންވެސް ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑު ތިބޭފުޅުން ގާތު ދަންނަވަން އޮތީ ނަމަ ނަމަ ނުމެވާށެ ތަނުގައި ހުރި ތިމާ މައްސަލައަކަށް، ހަމައެކަނި ވާށޭ ތިމާ މައްސަލަތަކަށް ހުރި ހައްލަކަށް“ މިނިސްޓަރ

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަކީ އީޖާދީ މަސައްކަތްތަކަށް މަރުހަބާ ކިޔާ ބަޔަކަށްވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، އަދި ހާލަތާއި ގުޅިގެން ކަންކަން ކުރަން ކެރޭ ހުށިޔާރު ބަޔަކަށް އެ ޕްރިންސިޕަލުންވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: