ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައަށް ނެރުމަށް އަހައްމިޔަތު ދެން: މިނިސްޓަރު އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަން ބެލެހެއްޓުމަށް އަހައްމިޔަތުކަން ދޭކަމަށާއި، އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި އެކަމަށްޓަކައި އެކުލަވާލެވިފައިވާ ސެކްޝަނެއްވަނީ ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަން ކުރިއަށް ގެންދަނީ، އަހައްމިއްޔަތު ދީގެންކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ޑިޕާޓްމެންޓުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ، މިނިސްޓްރީގެ އެންމެ ބޮޑު ފޯކަސްއަކީ، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން، މުޖުތަމައަށް ނުކުންނަ އިރު، ބޭނުން ތެރި ބަޔަކަށް ހެދުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި، އެޑިއުކޭޝަނުންވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށާފައިކަމަށެވެ. އަދި އެކަން ކުރަނީ އެ ކުދިން އެކެޑެމިކަލީ ވަރުގަދަ ނޫންނަމަވެސް މުޖުތަމައަށް ނުކުންނަ އިރު، ކޮންމެވެސް މަސައްކަތެއް ދަސްވެފައި ހުރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައިކަމަށް މިނިސްޓަރު އައިޝަތު ފާހަގަކުރެއްވިއެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ދޭނެކަމަށާއި، ފެހުން، ކެއްކުން، އަދި ބިއުޓީޝަން ކޯހާއި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ގައިގައި ހުރި ހުނަރެއް އިތުރު ކުރުމަށް ހުރިހާ ސުކޫލުތަކެއްގައިވެސް މަސައްކަތް ކުރަމުންދާކަމަށާއި، އެކެޑެމިކަލީ އެހީތެރިވުމަށްޓަކައި އެސިސްޓެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެންވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ފެނުމުގައި ދަތިތައް ހުރި ކުދިންނަށް ކިޔުމަށް އެހީތެރިވުމަށް “ޝާމިލު އަޑު”ގެ ނަން ދެވިފައިވާ ސޮފްޓްވެއަރއެއް މިނިސްޓްރީން ތައްޔާރު ކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ސޮފްޓްވެއަރ ބޭނުން ކުރެވެމުންދާކަމަށާއި، އެކުދިންގެ ކަންކަން ބެލެހެއްޓުމަށް މުދައްރިސުންނަށާއި، ބެލެނިވެރިންނަށްވެސް ތަމްރީނުތަކެއވެސްް ދެމުންދާކަމަށް އައިޝަތު އަލީ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: