އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ކޭޝް ބެކް އޮފާރއެއް އިއުލާނުކޮށްފިއެވެ.
އުރީދޫއިން އާންމުކޮށްފައިވާގޮތުން، އެ ކުންފުނިން އިއުލާނުކޮށްފައިވާ ކޭޝް ބެކް އޮފާރ ބޭނުންކުރެވޭނީ، އެމް ފައިސާ ބޭނުންކުރާ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށެވެެ. އެގޮތުން، އެމް ފައިސާ ބޭނުންކޮށްގެން ބިލުތައް ދައްކާ ކަސްޓަމަރުންނަށް ދައްކާ އަދަދުގެ 5 އިންސަތައް އަނބުރާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ކޭޝް ބެކް އޮފަރ ކުރިއަށް ގެންދާނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހު 31 ވަނަ ދުވާހާއި ޖެހެންދެންނެވެ.
އުރީދޫއިން ބުނެފައިވާގޮތުން، މި ކޭޝްބެކް އޮފާރގައި އެމް ފައިސާ ބޭނުން ކޮށްގެން ބިލުތައް ދައްކާ ކަސްޓަމަރުންގެ އިތުރުން، އެމް ފައިސާ ބޭނުންކޮށްގެން ތަކެތި ގަނެވޭ ކޮންމެ ފިހާރައަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނާއި، ސުކޫލުތަކަށް ފީ ދައްކާ، އަދި އެމް ފައިސާ ބޭނުންކޮށްގެން ގޭސް ފަދަ ތަކެތި އޯޑަރު ކުރާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
އެމްފައިސާ ބޭނުންކޮށްގެން ބިލު ދެއްކޭނެ ކުންފުނިތަކުގެ ތެރޭގައި، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓު، ވިލާ ގޭސް ފަދަ ތަންތަން ހިމެނެއެވެ.
މި އޮފަރގައި ބައިވެރިވެވޭނީ، ކަލަބް ޕްރިމިއަރ ކަސްޓަމަރުންގެ ތެރެއިން އެމް ފައިސާގެ ގޯލްޑާއި، ސިލްވާރ ވޮލެޓު ގެންގުޅޭ ކަސްޓަމަރުނަށް އެކަންޏެވެ.

