ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގައި މުސްލިމުނާއި ދެކޮޅަށް ޖަރީމާތަކެއް ހިންގާފައި އޮވެދާނެ: އދ

އދގެ ކުރީގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް މިޗެލް ބެޗެލެޓް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގައި ވީގުރ އަދި އެގައުމުގެ މުސްލިމުންނާއި ދެކޮޅަށް އިންސާނީ ހައްގުތަކާއި ދެކޮޅުވާފަދަ ޖަރީމާތަކެއް ހިންގާފައި އޮވެދާނެކަމަށް އަދގެ ކުރީގެ “ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް” މިޗެލް ބެޗެލެޓް ވިދާޅުވެއްޖެއެވެ.

އދގެ އިންސާނީ ހައްގުތަކާއިބެހޭ ހައި ކޮމިޝަނަރގެ މަގާމުގައި ހުންނެވި، މިޗެލް ބެޗެލެޓް އެނާގެ ދައުރު ހަމަވުމުގެ މިނެޓުތަކެއް ކުރިން އާނމު ކުރި ރިޕޯޓެއްގައި ބުނެފައިވާގޮތުން، ޗައިނާގައި ވީގުރުގެ މުސްލިމުން ސަބަބެއް ނެތި ހިފަހައްޓާ ހައްޔަރުގައި ބައިތިއްބާފައިވުމަކީ، ބައިނަލްއަގުވާމީ ކުށެއް ކަމަށް ބެލެވިދާނެކަމަށެވެ. އަދި ހާއްސަ ގޮތަކަށް އެއީ އިންސާނީ ހައްގުތަކާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް ބެލެވިދާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިޗެލް ބެޗެލެޓުގެ ރިޕޯޓުގައި ވާގޮތުން، ޗައިނާގެ މުސްލިމުންގެ ހާލަތަށް ޖުމުލަކޮށް ބެލުމުން، ޝިންޖިއަނ ސަރަހައްދުގައި ޓެރަރިޒަމްއާއި ދެކޮޅަށް ކަމަށް ބުނެ، ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިންތިހާއަށް އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާކަމަށް ބެލެވޭކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، އަނިޔާކުރާ ކަމުގެ ތުހުމަތުތަކާއި، ސިއްހީ ކަންކަން މަޖުބޫރންު ކުރުވުން އަދި ހައްޔަރުގައި ބަހައްޓާފައިވާ މީހުން ބޭއްތިބިފައިވާ ހާލަތްތަކުގެ ވާހަކަތަކަކީ ހަގީގަތް ކަމަށް ބެލެވޭ ފަދަ ހެކިތައް ފެންނަން ހުރިކަމަށެވެ. އަދި އެފަދަ ކަންކަން ހިންގާފައިވަނީ ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރުތަކެއް ކަމަށް ޗައިނާއިން ފާހަގަކޮށްފައިވާ ތަންތަނުގެ ތެރޭގައި ކަމަށާއި، އެތަންތަނަކީ، ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގާ ތަންތަން ކަމަށް ޗައިނާއިން ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، ޗައިނާއިންވަނީ އެ ސެންޓަރުތައް މިހާރު ބަންދުކޮށްފައިވާކަމަށް ހާމާކޮށްފައެވެ. އެހެން ނަމަވެސް ސެންޓަރުތައް ބަންދު ކޮށްފައިވާކަން އދއަށް ޔަގީން ކުރެވިފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

ޗައިނާއިންވަނީ އދގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން އެ ރިޕޯޓު ދޮގުކޮށް، ޗައިނާއިންވަނީ 131 ސޮފުހާގެ ރިޕޯޓެއް ނެރިފައެވެ. މި ރިޕޯޓަކީ އދގެ ރިޕޯޓާއި ބަލައި، ތިން ގުނަ ދިގު ރިޕޯޓެކެެވެ. ޗައިނާއިން ބުނެފައިވާގޮތުން އދގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ދޮގެކެވެ. އަދި އެކަން ކޮށްފައިވަނީ، ޗައިނާއާއި ދެކޮޅަށް މަސައްކަތް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: