ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އެދިފައިވަނިކޮށް ފަލަސްތީނުގެ މައްސަލައިގައި އދ ގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އދ ގެ އާންމު މަޖިލީސް ބާއްވާ މާލަން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނަށް ދެމުގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން، ދިވެހިރާއްޖެއާއި އެހެން އިސްލާމީ ގައުމުތަކުން އެދިފައިވާތީ އދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރޭންސިސް މިއަދު އާންމު ކުރެއްވި ސިޓީއެއްގައެވެ. މި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ ގެ މައި އިދާރާގައެވެ.

މި ބައްދަލުވުން މިހާރު ތާވަލުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިރުޝާދުގެ ދަށުން އެހެން ބައެއް މުސްލިމު ގައުުމުތަކާ ގުޅިގެން އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަނެއް ކުރިއަށް ގެންގޮސްދިނުމަށް އެދި އ.ދ ގެ އާންމު މަޖިލީހުގެ ރައީސްއަށް ރާއްޖެއިން ވަނީ ދަންނަވާފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ދިވެހިންގެ ފަރާތުން އެއްބާރުލުން ދޭން ކަމަށެވެ.

މިފަދަ ކުއްލި ހާއްސަ ބައްދަލުވުންތަކަކީ ކުދި ގައުމުތަކަށް ވެސް ބާރު ލިބޭ ޖަލްސާއެއްކަމަށްވާއިރު، އ.ދ ގެ ކުއްލި ހާއްސަ ޖަލްސާއަކީ 1950 ވަަނަ އަހަރު އެކުލަވާލެވުނު “ޔުނައިޓިން ފޯ ޕީސް” ގެ ދަށުން ދުރާލާ ތާވަލު ކުރުމަކާ ނުލައި ބޭއްވޭ ހާއްސަ ޖަލްސާއެކެވެ. މިފަދަ ޖަލްސާތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ބަސް އިއްވާނެއެވެ. އަދި އެ ނިންމުން ވެގެންދާނީ އެއަށް އަމަލުކުރަންޖެހޭނެ ނިންމުމަކަށެވެ.

އެހެންކަމުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށް މި ޖަލްސާއިން ނިންމައިފިނަމަ، އިސްރާއީލަށް އެފަދައިން ކަން ކުރަންޖެހޭނެއެވެ.

މިހާތަނަށް އައިރު މި ހަނގުރާމާގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 5،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: