ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގައި ސުލްހަ ގާއިމުކުރެވޭނީ ޓޫ ސްޓޭޓު ސޮލިއުޝަނެއް މެދުވެރިކޮށް: އދ

އދގެ ޖެނަރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާ ފަލަސްތީނުގެ ދެމެދު ދެހެމެއްޓެނިވި ގޮތެއްގެ މަތިން ސުލްހަ ގާއިމުކުރެވިގެންދާނީ ޓޫ ސްޓޭޓް ސޮލިއުޝަނެއް މެދުވެރިކޮށްކަމަށް އދގެ ޖެނަރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތުގެ ދެމެދު ފެށުނު ހަނގުރާމައިގެ ތެރެއިން ގިނަ އަދަދެއްގެ ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުވެފައިވާއިރު، ގުޓޭރެޒްވަނީ އެކަން ހުއްޓުމަކަށް ގެނައުމާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަމާސްއިން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ގުޓޭރެޒް ވިދާޅުވީ، ޣައްޒާގައި މީހުން މަރުވަމުންދާ ދިއުމާއި އެ ސަރަހައްދަށް ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމުގެ ދަތިތަކުގެ އިތުރުން ހިތާމަަތަކަކީވެސް މުޅި އިންސާނީ ދަރިފަސްކޮޅަށްވެސް އެކަމުގެ އަސަރުތައް ކުރާ ކަންކަން ކަމަށެވެ. އަދި އިސްރާއީލުން ދެމުންދާ ހުއްޓުމެއް ނެތް ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތައް އާންމުނެއް މަރުވެފައިވާއިރު އެ އަމަލުތައް ހިންގަމުންދަނީ މީގެ ކުރިން ފެނިފައިނުވާ މިންގަނޑެއްގައިކަމށްވެސް ބުނެފައިވެއެވެ.

އދ އިން މީޑިއާތަކާއި ހިއްސާކުރާގޮތުން، މިހާތަނަށް މަރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދުތައް ސައްބީސް ހާހަށްވުރެވެސް އިތުރުކަމަށްވާއިރު، ގިނަވާނީ ކުޑަކުދިންނާއި އަންހެނުންކަމަށްވެސް ފާހަގަަަަަަަަަަަަަަަަަަަކޮށްފައިވެއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ތިބި އިމާރާތްތަކުގެ 70 އިންސައްތަ ސުންނާފަތިވެފައިވާކަމަށާއި އަނބުރާ ގެތަކަށް ދެވޭނެކަމުގެ އުންމީދެއް ނެތް ގޮތުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުންނަށް ރައްކައުތެރި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައިވާކަމަށާްވެސް ބުނެފައިވެއެވެ. ަަަަަަަަަަަަަަަަަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: