ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކޮށްފި

ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އާއި މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

“ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ” އާއި “މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ” ލޯންޗްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއާޒް، އަޙްމަދު ޙަސަންދީދީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙުމަދު މަޙުލޫފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިތުރުން ސިއްޙީދާއިރާގެ ގިނަ އިސްވެރިންތަކެއް ބައިވެރިވިވަޑައިގެންނެވިއެވެ.

މި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މައިގަނޑު މަޤްސަދުކަމަށް މިނިސްޓްރީ އޮފް ހެލްތުން ފާހަގަކޮށްފައިވަނީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ޞިއްޙީ ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުމެވެ. އަދި އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންގެ ނިސްބަތް މިހާރުހުރި ވަރު 2030 ގެ ނިޔަލަށް %10 އަށް ދަށްކުރުމެވެ. މިހާރު މީގެ ތެރޭގައި ހިމެނެނީ %49 އަންހެނުންނާއި %35 ފިރިހެނުންނެވެ.

ރައްކާތެރި މާހައުލެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ފުރުސަތު އިތުރަށް ޤާއިމްކޮށް އިންތިޒާމް ކުރުންވެސް ފާހަގަކޮށްފައިވަނީ މި ސިޔާސަތުތައް އެކުލަވާލުމުގެ މައިގަނޑު މަގްސަދުކަމުގައެވެ. އަދި މި ފަންނުގެ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމާއި ކަމާ ގުޅުންހުރި ދާއިރާތައް އެކުގައި މަސައްކަތް ކުރުމަކީ ވެސް މި ސިޔާސަތުގެ މައިގަނޑު އަސާސެކެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ބިނާކޮއްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ.

މީގެ ތެރޭގައި ކަސްރަތު ކުރުމާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް ކަސްރަތުކުރުމަށް މަގުފައިވާނޭ ގޮތްތައް ހޯދައި ދިނުމާއި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ކަމާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް ސިޔާސީ ދާއިރާ އާއި މިކަމާ ގުޅުން ހުރި އެހެނިހެން ދާއިރާތައް އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ.

ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތާއި މިންގަނޑުތައް މިއަދު ލޯންޗްކޮށްފައިވާއިރު، ރާއްޖޭގައި އަހަރަކު މަރުވާ ނުވަތަ ބޮޑެތި ބަލިތަކުގެ ސަބަބުން ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އެންމެ ބޮޑު ޙިއްޞާއެއް ނިޞްބަތްވަނީ، ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ނަފްސާނީ ބަލިތައް ފަދަ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ގައިންގަޔަށްނާރާ ބަލިތަކަށްކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްގެ ތެރޭގައި ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާ، ދުންފަތުގެ އިސްތިޢުމާލުކުރުމާ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން ހިމެނޭކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: