ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްތައް މާކެޓް ކުރުން އިތުރަށް ފުޅާ ކުރަނީ

ނެޝެނަލް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟
ގެސްޓު ހައުސްތައް މާކެޓް ކުރުން އިތުރަށް ފުޅާ ކުރުމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން  ނިންމައިފިއެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކުގެ ޖަމިއްޔާ އިން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ކ މާފުށީގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ އެ ޖަމިއްޔާ ރީބްރޭންޑް ކުރަން ނިންމި ނިންމުމާ އެއްގޮތަށް މާކެޓިން ވެސް އިތުރަށް ފުޅާ ކުރަން ނިންމައިފައެވެ.

އެ ޖަމިއްޔާ އަށް މީގެކުރިން ކިޔަމުން އައީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. ނަމަވެސް، އެ ނަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނަށް އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ކާނި ގްރޭންޑް ކޮންފަރެންސް ހޯލްގައި ބޭއްވި އެ ޖަލްސާގައި ވަނީ ޖަމިއްޔާގެ އާ ނަމުގެ ލޯގޯ އާއި ސްލޯގަން ވެސް ދައްކާލައިފައެވެ. އާ ސްލޯގަނެއްގެ ގޮތުގައި ކަނޑައެޅީ “އައި އޭމް މޯލްޑިވްސް” އެވެ.

ގެސްޓު ހައުސް އެސޯސިއޭޝަނުން ބުނީ އާ ބަދަލާ ގުޅިގެން ގެސްޓު ހައުސް އިންޑަސްޓްރީއަށް ފައިދާ ވާނެ ގިނަ ކަންތައްތަކެއް ރާވާފާނެކަމަށެވެ.

ނެެޝެނަލް ގެސްޓު ހައުސް އެސޯސިއޭޝަންގެ ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ވިދާޅުވީ ގެސްޓު ހައުސް މާކެޓް ސެގްމަންޓް ރާއްޖޭން ބޭރުގައި ރަނގަޅަށް އިޝްތިހާރު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިހާރު އަމާޒަކީ ކުރިއާ ހިލާފަށް ގެސްޓު ހައުސްތައް އިތުރަށް ޕްރޮމޯޓް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ދެން އަޅުގަނޑުމެން އެކްސްޕޯތަކުގައި ބައިވެރިވާނަން. އަޅުގަނޑުމެން އިންވައިޓް ކުރާނަން ގެސްޓު ހައުސްތަކަށް ވެސް އެކްސްޕޯތަކަށް އަޅުގަނޑުމެންނާއެކު ދާން. ނޫނީ ނުދެވޭ ނަމަ އަޅުގަނޑުމެން އެ ބޭފުޅުންގެ ގެސްޓު ހައުސްތަކުގެ މެޓީރިއަލް ހިފައިގެން ދާނަން”

މީގެއިތުރުން އެވޯޑު ނައިޓްތަކާއި ފެއާތައް ވެސް ރާއްޖޭގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: