ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ދަތިތައް ދެނެގަތުމަށް ގޭމް ކައުންސިލްތަކާއިއެކު މަޝްވަރާއަށް!

ގެސްޓް ހައުސް އެސޯސިއޭޝަނުން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށްހުރި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް ސިޓި ކައުންސިލް އާއި ރަށުކައުންސިލް ތަކާއި މަޝްވަރާކުރުމަށް ނިންމައިފި އެވެ.

ގޭމްއިން ބުނީ އެ ޖަމިއްޔާއިން މިހާރު ވަނީ ގެސްޓްހައުސްތައް ކުރިއެރުވުމަށްހުރި ދަތިތައް ދެނެގަތުމަށްޓަކައި ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކާއި ބައްދަލުކުރަން ފަށާފައި ކަމަށެވެ. އެގޮތުން މިހާތަނަށް އެ ޖަމިއްޔާއިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލް , އައްޑޫ ސިޓީ ކައުންސިލް އަދި ނ.އަތޮޅު ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައި ދިމަވާ ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ފުވައްމުލައް، އައްޑޫ އަދި ނ. އަތޮޅު ކައުންސިލް މެމްބަރުންނާއި ބައްދަލުކުރެއްވުމުން އެބޭފުޅުން ފާހަގަކުރެއްވީ، ޓުއަރިސްޓް ބީޗެއް ނެތުމާއި، ޕިކްނިކް އައިލެންޑް އާއި ދަތުރުފަތުރުގެ އުދަނގޫ ތަކުގެ ވާހަކަ ކަމަށްވެސް ގޭމްއިން ބުނެފައިވެ އެވެ.

މީގެއިތުރުން، ގޭމް ގެ އަމާޒަކީ ސަރުކާރާއި ގުޅިގެން ހުރިހާ ސިޓީ ކައުންސިލް ތަކާއި ، އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެކު ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް އަދި އެ ގެސްޓްހައުސްތައް މާރކެޓްކޮށް ރާއްޖޭގެ ޓުައަރިޒަމް ދާއިރާ ފުޅާ ކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުން ކަމަށްވެސް ގޭމްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: