ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 މަހަށްފަހު ގެސްޓްހައުސްތައް އަލުން ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތް މަހަށް ފަހު ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިއަދު އަލުން ގެސްޓް ހައުސްތައް ހުޅުވާލިއިރު، 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އެ 9 ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކ. މާފުށްޓަށް ވަޑައިގެން، ގެސްޓްހައުސްތައް އަލުން ހުޅުވަން އެރަށުން ވެފައިވާ ތައްޔާރީތައް ބައްލަވާލައްވާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: