ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސްދެއްގައި މި އަހަރު އިތުރު ދެ ސުކޫލު ހުޅުވާނަން: މިނިސްޓަރ ޑރ އައިޝަތު އަލީ

ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޕޭސް ދެއެއްގައި 2022 ވަނަ އަހަރު،  އިތުރު ދެ ސްކޫލެއް ހުޅުވާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެ ސުކޫލުގެ އިމުގައި ހުންނަ، ޕްރީސުކޫލުވެސް މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ، ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގައި ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސުކޫލުގައިވެސް ކިޔަވައިދިނުން ފެށިގެންދާނެކަމަށެވެ. އަދި އެ ސުކޫލުގައި އެލްކޭޖީއިން ފެށިގެން، ގުރޭޑު ދިހައެއްގެ ފެންވަރަަަށް ކިޔަވައިދޭނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ ހުޅުވުމަކީ، މުނުސާބާއެއް ކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ، މިވަގުތު ކުރެވެމުންދާކަމަކީ، ތާރީހީ ކަމެއް ކަމަށެވެ. އަދި ސުކޫލު ހުޅުވުމަކީ، އެތައް ޒަމާނެއްވަންދެން ރައްޔިތުންނަށް މޭވާ ލިބޭނެ ގަހެއް އިންދުމާއި އެއްފަދަ ކަމެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.

ހުޅުވިގެންދިޔަ ”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ އާއި އެކު، ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު އައިޝަތު ފާހަގަކުރެއްވިއެވެ. އަދި ދުރުގައި ހުރި ސުކޫލުތަކަށް ދަރިން ގެންދިއުމުގެ ސަބަބުން، ތަހައްމަލު ކުރަމުން އައި ދަތިތައް ނިމުމަކަށް ގެނެވިފައިވާކަމަށްވެސް ސިފަކުރެއްވިއެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ ”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ ހުޅުވުމާއި އެކު، ދަރިފުޅު ބަހަކަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް އެ ބިރުވެރިކަމަށް ލިއު ފަސޭހަ ކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ގޭގެ ބެލްކަނީގައި ހުރެ ދަރިން ސުކޫލަށް ވަދެގެންދާ މަންޒަރު ފެންނާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އައިޝަތު ވިދާޅުވީ، ”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ އަށް ކިޔަވަން އަންނަ ދަރިވަރުންގެ ދެވަނަ މައިންބަފައިންގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އަދި ޓީޗަރުން ތިބޭނެކަމުގެ ޔާގީންކަން ބެލެނިވެރިންނަށް އަރުވާކަމަށެވެ. އަދި އެ ކުދިން ސާނަވީ މަރުހަލާއަށް ފުރިހަމައަށް ތައްޔާރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ ގައި ކިޔަވައިދިނުން ފަށާފައިވަނީ 824 ދަރިވަރުންނާ އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: