ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންކަމެއް ހިތްޕުޅަށް އަރައިގެންބާ ރައީސް ޞާލިހު ދެވަނަ ދައުރެއް ހޯދަން މިއުޅެނީ : ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރެއް ހޯދެވުމަށް އުޅުއްވަނީ އެ މަނިކުފާނުގެ ހިތްފުޅަށް ކޮންކަމެއް، ނުވަތަ ކޮން ކަމެއް ރައްޔިތުންނަށް ކޮށްދެވިގެންތޯ ކަމާމެދު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވާފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ކޮންކަމެއް ރައީސް ޞޯލިހުގެ ހިތްޕުޅަށް އަރައިގެންތޯ ނުވަތަ ކޮންކަމެއް ކޮށްދެވިގެންތޯ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރަނީ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

“ރައީސް ޞޯލިހު ކޮންކަމެއް އެމަނިކުފާނުގެ ހިތްޕުޅަށް އަރައިގެންބާއޭ ދެވަނަ ދައުރެއް ހޯދަން މިއުޅެނީ. ކޮންކަމެއް ކުރައްވާގެން؟ ޓިނު ސުކޫލެއް އަޅުއްވާގެންތޯ  ނޫނީ އަމީނީ މަގު 37 މިލިއަނަށް ހެދޭ މަގެއް 84 މިލިއަން ރުފިޔާއަށް ހަދަން، މިހާ ބޮޑު އިންފްލޭޝަންއެއް އަމިއްލަ ކުންފުނިތެރެއިންވެސް ގެނެސްގެން ކަން ކުރާތީ ތޯ“ ސައީދު ވިދާޅިުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސާވް މިހާލަތައް ވެއްޓިގެން ދިޔައީ ކޮންބައެއްގެ އިހުމާލުންތޯ ބެލުމަށް މަޖިލީހުގައި ކުއްލި ސެޝަނެއް ބާއްވަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: