ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ފިޝަރީޒް މިނިސްޓްރީ ޖޭޕީން ހިންގާތީ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސް ކިރުމަށްފަހު ފައިސާ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އެހުމުން ބުނަނީ ކޯލިޝަންގައި ފިޝަރީޒް މިނިސްޓްރީ ލިބިފައިވަނީ ޖުމްހޫރީ ޕާޓީއަށް ވާތީ ކަމަށް މާވަށު ދާއިރާގެ މެމްބަރު  މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ސައީދު ވިދާޅުވީ މިނިމަމްވޭޖް ތައާރަފް ކުރީ ދިވެހިންނާއި ބިދޭސީން ހިމަނައިގެން ކަމަށާއި ނަމަވެސް މިއަދު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން މިނިމަމްވޭޖް ހަމައެކަނި ދިވެހިންނަށް ދިނުމަށް ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް މިއަދު ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހި މަސްދޯނިތަކުން ބާނާ މަސްކިރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ދޯނި ފަހަރުތަކުން މަސްކިރޭނެ ގޮތެއް ނެތުމުން ބާނާ މަސްކޮޅު ކަނޑަށް އަޅާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގައި ލައްވާފައި ހުރި ބަރަކާތް އަޅުގަނޑުމެން ދޯނީގެ ވަތަށް ގެނެސްފައި، ވަތުގައި ދިހަ ޓަނުގޮތަށް ހަދާފަ މިދަނީ ކިރަން. ދިޔައިމަ މިބުނަނީ ކިރޭކަށް ނެތޭ. ކަނޑަށް އަޅާލަނީ. މިއީ ޓުއަރިޒަމް ފިޔަވައި ރާއްޖޭގައި އޮތް އެއް ސިނާއަތުގެ ވާހަކަ މިދައްކަނީ.  ސައީދު

ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސްގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތައް މިއަދާ ހަމައަށް ވެސް ވައުދުވަމުންދާ ކަމަށާއި އެގޮތުން މަސްބާނާ ދޯނިތަކުން ބާނާ މަސް ކަނޑަށް އަޅަން ނުޖެހި މަސްކިރާލާ ތަނުން ފައިސާ ދޭނެ ކަމަށާއި އަދި ފައިސާ ދޭނީވެސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވުރެ އިތުރަށް ކަމަށެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ އަށް 2023 ލިބުމުން މަސްވެރިންނަށް ވީ ވައުދުތަކާއި ވެފައިހުރި ވައުދުތައް ފުއްދާނެ ކަމަށް މި ސަރުކާރުން ބުނަމުންދާކަމަށެވެ.

“ އަޅުގަނޑު ހިތައް އަރަނީ މިވާހަކަތައް ދައްކާ ވެރިކަން ކުރާ  ޕާޓީގެ މެމްބަރުންގެ އެއްވެސް ކަހަލަ އިހުސާސެއް ނެތީބާއޭ ފަސް އަހަރެއް ކުޑައީތޯ ދޯނިފަހަރު މަސް ވަތަށް އަޅައިގެން ގެނެސް ބޯޓެއް ކައިރިއަށް ދިޔައިމަ އެވަތަށް އެޅި މަހަށް އަގެއްދޭން. ހަމަ އަގު އަދި ބާއްވާ، އަގެެއް ދޭން ފަސް އަހަރު މަދީތޯ؟ ސައީދު

ސައީދު ވިދާލުވީ ސަރުކާރުން ދައުލަތުގައި  މިހާރު ފައިސާ ނެތް ކަމަށް ބުނާ ކަމަށާއި  ފައިސާ ހޯދުމަށް އަނެއްކާވެސް ރައްޔިތުންގެ ޖީބާއި ދިމާލަށް ޖީއެސްޓީ ނަގަން ބުނާ ކަމަށެވެ.

 ސަރުކާރަށް ނޭނގެނީ ބާ ދިވެހި ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތުގައި ކޮށްފަހުރި ހުރިހާ ކޮންޓްރެކްޓެއްގެ 80 ޕަސެންޓް މިހިރީ އެމެރިކާ ޑޮލަރުން ކޮށްފައި. ރާއްޖެއަށް ޓުއަރިސްޓުން ފޮނުވާ މެއިން މާކެޓް ޔޫރޯ ޒޯނުން އެބަ ޖެނަރޭޓް ކުރޭ 60 ޕަސެންޓް. ޔޫރޯ ޒޯންގެ އިންފްލޭޝަން ދިހަ ޕަސެންޓަށް ވުރެ މަތީގައި. ދުނިޔެ އޮތީ އެނަޖީ ކްރައިސިސް އެއްގައި. އޮތް އިރުގައި މިހާރުތޯ ޓީ ޖީ އެސްޓީ ނަގަންވީ ޓީޖީއެސްޓީ ނަގަން މިހާރު މިވާހަކަ ދައްކަނީ ކީއްވެގެންތޯ އެހީމަ މިބުނަނީ ދަންނަވަންތޯއޭ ފަތުރުވެރިކަން ވަރަށް ރަނގަޅޭ. ރާއްޖެ ވަރަށް މަޝްހޫރޭ. ނޫން އެހެންނެއް ނޫން ވެގެން މިއުޅެނީ. ކޮވިޑްގެ ހާލަތުގައި ކެރީބިއަން އާއި ތައިލެންޑް ބަންދު. ބަހާމާސް ބަންދު. ރާއްޖެ ފިޔަވައި ޓުއަރިސްޓުންނަށް އާދެވޭނެ މަދުތަނެއް އޮތީ ބީޗް ހޮލިޑޭސް އަށް. ސައީދު

މިހާރު މާކެޓްތައް ހުޅުވައިފި ކަމަށާއި އެމާކެޓް ތައް ހުޅުވުމުގެ ސަބަބުން މިއަދު ރާއްޖޭގެ އެވްރެޖް ފަތުރުވެރިކަމުގެ ދާއިރާގައި ކޮޓަރިއެއް ވިއްކާ އަގު 20 ޕަސެންޓް ދަށަށް ގޮސްފައިވާ ކަަމަށެވެ. އެކަމުގެ ސަބަބުން މެދުފަންތީގެ ރިސޯޓްތަކުގެ ހަރަދު ދެކޮޅު ނުޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: