ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީންތަކެއް ވަނީ ހަރުކަށި ފިކުރާއި މަސްތުގެ އޮއިވަރެއްގައި ޖެހިފައި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒްކުރާ ބައެއް ގައިދީން، ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީދުވަހުގެ ހަފްލާގައި ރައީސް ސާލިހު ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޖަލުތަކުގައި ހަރުކަށި ފިކުރު އޮތް މިންވަރު ދެނެގަތީ ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ކުރި ދިރާސާއެއް ކަމަށް ވިދާޅުވެފައެވެ.

“ އެ ދިރާސާއިން އަޅުގަނޑުމެންނަށް ފާހަގަވީ ގައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއެވަރެއްގައި ޖެހިފައިކަން. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު. އަނެއްކަމަކީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރި ކުރުމުގެ ނުބައި އޮއިވަރު. މިއީ ހަމައެކަނި ޖަލެއްގައެއް ނޫން. މުޅި މުޖުތަމައުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާރެރި ދެ މައްސަލަ.“ ރައީސް ސާލިހު 

ރައީސް ސާލިހު ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ޖަލުތަކުގައި ތިބޭ ގައިދީންގެ ކަންތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ހުރި ކަމަށެވެ.

ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ހައްލުވީކީ ނޫން. އެފަދަ ގައިދީންނަށްވެސް އެކަމާއި ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ. އެކަމަށްޓަކއި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމްކޮށް އެ މަސައްކަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން.“ ރައީސް ސާލިހު

ކުށެއް ކުރާ ކޮންމެ މީހަކު މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: