ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ކުރަނީ އާއިލީ ވެރިކަމެއް: މަލީހު

ރައީސް ސާލިހު އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދައްކަވާ ވާހަކަތަކާއި، އެމަނިކުފާނުގެ އަމަލުތަކާއި ދިމާނުވާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ރައީސް ސާލިހުވަނީ، ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެފައިކަމަށެވެ. އެގޮތުން، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި، އެފަދަ އަމަލެއް ހިންގި ފަރާތެއް ވަގުތުން މަގާމުން ދުރުކުރާނެކަމަށް ވިދާޅުވެފައިވާކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި އާއިލީ ބޭފުޅުން މަގާމުތަކުގައި ނުތިބޭނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށްވެސް ކަން ނުހިނގާ ކަމަށް އެނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ރައީސް ސާލިހު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ގެންގުޅުއްވާކަމަށް ވިދާޅުވި ނަމަވެސް، އެފަދަ ތުހުމަތު ތަކެއް ކުރެވި، ތަހުގީގު ކުރިއަށްދާ މީހެއް ވަނީ، ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކޮށްފައިކަމަށެވެ. އެހެން ކަމުން، ރައީސް ސާލިހުގެ ބަހާއި އަމަލާއި ދިމާ ނުވާކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ އޮފީހަށް ކޮރަޕްޝަންގެ ޝަކުވާތައް ހުށައެޅުމަށް ވިދާޅުވެފައިވާކަމަށެވެ. އެހެން ނަމަވެސް، ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި، ސަރުކާރުގެ ތެރޭގައިވެސް ދެކެވެމުންދާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެތައް ސަތޭކަ މައްސަލައެއް އެސީސީއަށް ހުށައެޅިފައިވާއިރު، ރައީސް ސާލިހު ފެނަކަ ސިފަ ކުރައްވަނީ، ހުދު ކާފޫރު ކޮޅެއްގެ ގޮތަަށްކަމަށެވެ.

އެމްޑީޕީގެ ވެރިކަމަކީ، އާއިލީ ވެރިކަމަކަށް ނުވާނެކަމަށް ރައީސް ސާލިހު އަޑު ހަރުކޮށް ވިދާޅުވެފައިވާކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު، ފެނިގެންދަނީ، އާއިލީ ބޭފުޅުން އެކި މަގާތަކަށް އައްޔަނު ކޮށްފައިވާ މަންޒަރުކަމަށެވެ.

އެނާ ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ، މީގެ ކުރިން ފުލުހުންގެ ވަޒީފާއިން ވަކި ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެނާއަކީ، ރައީސް ސާލިހުގެ ޅިޔަނަކަށްވާތީ މިހާރު ހުންނެވީ، ފުލުހުންގެ ކޮމިޝަނަރުގެ މާގާމުގައިކަމަށާއި، ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ފަދަ މަގާމުތަކުގައިވެސް އާއިލީ ބޭފުޅުން ތިއްބެވި ކަމަށް އެނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމަކީ، އާއިލީ ވެރިކަމަކަށް ނުހައްދަވާނެކަމަށް ވިދާޅުވިނަމަވެސް، އެ މަނިކުފާނުގެ އާއިލާގެ އެތައް ސަތޭކަ ބޭފުޅުންނެއް ތިބީ ސަރުކާރުގެ މަގާމުތަކުގައިކަމަށެވެ. އަދި މިހާރު އޮތް ވެރިކަމަކީ، ސީދާ އާއިލީ ވެރިކަމެއް ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: