ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލެޓުފޯމުގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުންލިބި، ދިހަ ފޫޓުގެ ބޮޑެތި ފުން ވަޅުގަނޑުތަކެއް!

ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް: ފޮޓޯ/ އީޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރިޖު ޕްލެޓްފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތަކެއް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ) އިން އާންމުކޮށްފިއެވެ.

އޮގަސްޓު މަހުގެ 16 ވަނަ ދުވަހު، ބުރިޖު އެޅުމަށް ބޭނުން ކުރަމުން ދިޔަ ޕްލެޓުފޯރމު ވިލިމާލެ ފަރު ސަރަހައްދަށް އުރުމާއިއެކު، ޕްލެޓުފޯމު ނެގުމަށް މަސައްކަތްތަކެއް ކުރެވެމުންދިޔަ ރޭޓު ލަސްވެ، މައްސަލަ ބެލުން ލަސްވުމާއި އެކު، ވިލިމާލެ ރައްޔިތުންނާއި، ސިޔާސީ ވެރިން ވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން، ވިލިމާލެ ފަރަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފަރުގައި ހަތަރު ބާގަނޑު ހެދިފައިހުރި މަންޒަރު ފެނެއެވެ. އީޕީއޭއިން ބުނެފައިވާގޮތުން މި މައްސަލައިގައި ދިރާސާތައް ކުރުމަށްފަހު، ޖޫރިމަނާ ކުރަން ޖެހޭނަމަ އެކަން ކުރާނެއެވެ.

ބުރިޖު އެޅުމަށް ހަވާލުކޮށްފައިވަނީ، އިންޑިއާގެ ކުންފުޏެއްކަމަށްވާ އެފްކޮންސް ކުންފުންޏާއެވެ.

ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އީޕީއޭ އިން ކަށަވަރުކޮށްދީފައިވާއިރު، އެކަމާއި ގުޅުވައި އެމްޑީޕީގެ އެންވައިރަމެންޓު އެކްޓިވިސްޓުން ހިމޭނުން ތިބެމުންދާކަމަށް ބުނެ، އިދިކޮޅުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބުރިޖު އެޅުމަށް ބޭނުން ކުރި ޕްލެޓުފޯރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތަކާއި ގުޅުވައި ކަންބޮޑުވުން ފާޅުކުރައްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ފަރުވާކުޑަކަމާއި އެކު ބުރިޖު އެޅުމަށް ކުރާ މަސައްކަތްތަކާއި މެދު އެނާ ކަންބޮޑުވާކަމަށެވެ. އަދި 500 މިލިއަން ބޭނުންކުރަނީ ކިހިނަކުންތޯ ސުވާލުކުރައްވާ އެނާވަނީ މި މައްސަލައިގައި އެންވައިރަމެންޓު މިނިސްޓަރ އައިމިނަތު ޝައުނާ ބައެއް ވިދާޅުވެފައިނުވާކަމަށް އިޝާރާތްކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: