ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި އިތުރު ބަޔަކު ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ މީހަކާއި، 46 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 44 އަހުރުގެ މީހާއަށް 10 ދުވަސް، 47 އަހަރުގެ މީހާއަށް 10 ދުވަސް އަދި 50 އަހަރުގެ މީހާއަށް 10 ދުވަސް ދީފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މީގެ ކުރިންވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން އެ މައްސަލައިގައި މި މަހުގެ 6 ވަނަ ދުވަހު ތިން މީހަކު ވަނީ ހައްޔަރުކޮށްފައި ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާތަނަށް 6 މީހުން ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: