ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރީގެ މައްޗަށް އިތުރު 40 ދައުވާއެއް!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ، ދައުވާ އުފުލާފައިވާ ބަނގްލަދޭޝްގެ އަލަމްގިރީގެ މައްޗަށް އިތުރު 40 ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިކަމާއި ގުޅިގެން މައުލޫމާތުދެއްވަމުން ބުނެފައިވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާނެކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ އަލަމްގިރީގެ މައްޗަށް ހުކުމްކޮށްފައިވަނީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށެވެ. އޭނާ ކޮށްފައިވާ ކުށާއި ބަލައި މިއީ ކުޑަ އަދަބެއްކަމަށް ގިނަ ބަޔަކު އައީ ފާހަގަކުރަމުންނެވެ.

އަދަބު ކުޑަވުމުގެ ސަބަބެއްކަމަށް ވަކީލުން ފާހަގަކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އާއި ލިވާތުކުރުމުކުރުމުގެ ކުށުގެ ދައުވާއަކީ މުޅިން ދެ ދައުވާކަމަށާއި، އެގޮތުން އޭގެ ތެރެއިން ލިވާތުކުރުމުގެ ކުށުގެ ދައުވާ ބޮޑުވާނެކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭނާގެ މައްޗައް އަދަބު ކުޑަވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާތީއެވެ.

ދައުލަތާއިއެކު އިއުތިރާފުގެ ބަޔާނެއް އަލަމްގިރި ހަދާފައިވާއިރު، އެ ބަޔާން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިއެވެ. އިއުތިރާފުގެ ބަޔާނުގައިވެސް އޭނާ އެއްބަސްވެފައިވަނީ އެއްޖިންސުން ގުޅުންހިންކަމަށެވެ. އާންމުވި އަލަމްގިރީގެ އިއުތިރާފުގެ ބަޔާނުގައި ލިވާތުކުރިންކަމަށް އެެއްބަސްވެފައެއް ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި އަލަމްގިރިގެ އިތުރުން ހުކުމެއް އައީ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވާފައި ވަނީ ތިން މަސް ދުވަހުގެ ގޭ ބަންދެކެވެ.

މީގެ ކުރިން ފުލުހުން މީޑިއާތަކަށް ބުނީ އެއްޖިންސުން ގުޅުން ހިންގުމަށް ފަހު، އެ މީހުންގެ ވީޑިއޯތަކެއް ނަގައި ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ވީޑިއޯ އެނަލިސިސް ރިޕޯޓެއް ހެދުމަށް ފަހު، އެފަދަ މީހުންނާއި ގުޅުން ހުރި މައްސަލަތައް ބަލަމުން ދާކަން އެ މީހަކު މަސައްކަތް ކުރާ އިދާރާތްތަކަށް އަންގަމުން ދާ ކަމަށެވެ. ފުލުހުން އެފަދަ އިދާރާތްތަކަށް އެގޮތަށް ރިޕޯޓު ކުރުމުން ބައެއް އިދާރާތްތަކާއި މުވައްސަސާތަކުގެ މުވައްޒަފުން ސަސްޕެންޑުކޮށްފައި ވެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ އިދާރާ އާއި، ކަސްޓަމްސް ސާވިސް، އަދި ހޯމް މިނިސްޓްރީ ހިމެނެ އެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 36%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: