ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނަލްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކާނަލްގެ މައްޗަށް ކުރާ ދައުވާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކުރެވޭ ދައުވާގެ އަޑުއެހުމެކެވެ.

ވޭތުވެދިޔއަ އަހަރުގެ ތެރޭގައި އަލަމްގިރިއާ އެކު އެއްޖިންސުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވުމާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެ ދައުވާ އުފުލި ހުކުމް ތަންފީޒް ކުރެވިފައިވާއިރު އަނެއްބައި މީހުން ވަނީ ޝަރީއަތަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ދޫކޮށްލާފައެވެ.

ކާނަލްގެ އިތުރުން އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާންގެ އިތުރުން ސިފައިންގެ އޮފިސަރަކާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ މުޝީރުގެ މަގާމްގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް އަބްދުއްރާފިއު ހިމެނެއެވެ،

މިދިޔަ ޖޫން މަހުގެ 24 ގައި ނާޒިމްކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރުމުން ނާޒިމް ތަކުރާރުކޮށް ބުނަމުން ދިޔައީ މިއީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އޭނާ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާތީ ބަޔަކު އޭނާއާއި ދެކޮޅަށް ހިންގި އަމަލެއް ކަމަށެވެ. ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ބުނެ ނާޒިމް ވަނީ، މިއީ އޭނާއާއި ދެކޮޅަށް ވާހަކަ ދައްކައި ޒާތީ ގޮތުން ދިމާ ކުރުމަށް ބަޔަކަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދިޔަ މީހުންނަށް ވަކިވަކީން ރައްދު ދެއްވި އެވެ.

އޭގެ ފަހުން ކުއްލިއަކަށް އޭނާ ޓުވިޓާރ އެކައުންޓު ޑިއެކްޓިވޭޓު ކުރި އެވެ. އަދި އެރޭ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. މައްސަލަ ބަލަން ފަށައި ނާޒިމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، ފުލުހަށް ހާޒިރު ކުރީ އޭގެ ފަހުންނެވެ. މައްސަލައިގެ ތަހުގީގާއި މެދު އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދަމުން ދަނިކޮށް އޭގެ ފަހުން ދެން އާއްމުވީ ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯއެކެވެ.

މައްސަލައިގައި ފުލުސް އޮފިސަރާއި، އަލަމްގިރިގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. ނާޒިމަށް ހުކުމް ކުރީ ގޭބަންދުގައި ހުރެ ހުކުމް ތަންފީޒު ކުރުމަށެވެ.

އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް ހިންގާ މީހުން ހައްޔަރު ކުރުމަށް ގޮވާލައި އާއްމުން އިހުތިޖާޖު ކުރަމުން ގެންދާތީ ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން އެންމެ ފުރަތަމަ ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަށް ފަހު އެ މީހުންގެ ވީޑިއޯތަކަށް ނަގައި، ފައިސާއަށް އެދި ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ. މިގޮތަށް 40 މީހަކަށް ބެލެކްމެއިލް ކުރާ މައްސަލައެއް މާޗު މަހު ހުށަހެޅުމުން ތަހުގީގު ކުރަމުން ދާކަމަށް މިދިޔަ މަހު ހާމަކުރުމުގެ ކުރިން ފުލުހުންނާއި ނޫސްވެރިން އެ ސުވާލު ކުރި އެވެ. ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދޭތޯ 2022 މާޗު، 26 ގައި ނޫސްވެރިއަކު ކުރި ސުވާލަށް އޭގެ ޖެހިގެން އައި ދުވަހު ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އޭގެ ފަހުން އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބުނު ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގިކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައި ވަނީ 38 މީހެކެވެ. އަހަރު ނިމިގެން ދިޔައިރު، މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތަހުގީގު ދިޔަ ހިސާބެއްގެ މާބޮޑު މައުލޫމާތެއް ލިބިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: