ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއަށް، އަލަމްގިރިގެ މައްޗަށް ދެ އަހަރުގެ ހުކުމެއް!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރީގެ މައްޗަށް އުފުލި 40 ދައުވާ ސާބިތުވެ އޭނާ 2 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އަލަމްގިރީގެ މައްޗަށް އުފުލި ދައުވާތަކަކީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެވެ. އަލަމްގިރި ވަނީ އޭނާގެ މައްޗަށް ކުރެވޭ ދައުވާތަކަށް މިއަދު ކޯޓުގައި އިއުތިރާފްވެފަ އެވެ.

އަލަމްގިރީގެ ދައުވާގެ ޝަރީއަތް މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ކޮންމެ ދައުވާއެއްގެ އަދަބެއްގެ ގޮތުގައި 27 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހެންކަމުން އެއީ ޖުމްލަ އަހަރުދުވަހުގެ ޖަލު ހުކުމެކެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވުމުގެ ސަބަބުން އަލަމްގިރީގެ މައްޗަށް ވަނީ ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް މީގެ ކުރިން އިއްވާފައެވެ. އަދި މިއަދު އޭނާގެ މައްޗަށް ކުރެވޭ އިތުރު 40 ދައުވާ ސާބިތުވެފައިވަނީ އޭނާގެ އަމިއްލަ އިއުތިރާފުންކަން ފާހަގަކޮށްލެވެ އެވެ.

އަލަމްގިރީއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކުށް ސާބިތުވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ފުލުހެއްކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށްވެސް ވަނީ  ހުކުމް އިއްވާފައެވެ. އެގޮތުން ނާޒިމް ހަތަރުމަހަށް ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު އަބްދުއްރަހްމާން ރަފީއު އެއް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގިނަ ބައެއް ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އޭގޭ ތެރޭގައި ހޯމް މިނިސްޓްރީގެ މުވައްޒަފުންނާއި ކަސްޓަމްސް އޮފިސަރުންނާއި ޓީޗަރުންނާއި މަޖިލީހުގެ އިރާދާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: