ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި އިތުރު ނުވަމަހަށް ޖަލަށްލާން ހުކުމް ކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ދިވެހިން ތަކަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ލީކްކުރި ކަމުގެ ތުހުމަތު ކުރެވި ހުކުމް ތަންފީޒް ކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގިރި އަށް އިތުރު ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އަލަމްގިރީގެ މައްޗަށް މިއަދު އިއްވުނު ހުކުމަކީ އެއްޖިންސުން ގުޅުން ހިންގުމާއި ގުޅޭ މައްސަލަތަކެއްގެ ހުކުމެކެވެ. އެގޮތުން މިއަދު އަލަމްގިރީގެ މައްޗަށް ހަ މައްސަލަ ސާބިތުވެ ހުކުމް އިއްވާފައިވެއެވެ.

މިއަދު ހުކުމް އިއްވުނު ހުރިހާ މައްސަލައެއް ސާބިތުވެފައިވަނީ އަމިއްލަ އިއުތިރާޒުންނެވެ.

އަލަމްގިރީއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކުށް ސާބިތުވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ފުލުހެއްކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށްވެސް ކުށް ސާބިތުވެފައިވެއެވެ. އެގޮތުން ނާޒިމް ހަތަރުމަހަށް ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު އަބްދުއްރަހްމާން ރަފީއު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވި އެމީހުންވަނީ ހުކުމް ތަންފީޒުވެސް ކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގިނަ ބައެއް ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އޭގޭ ތެރޭގައި ހޯމް މިނިސްޓްރީގެ މުވައްޒަފުންނާއި ކަސްޓަމްސް އޮފިސަރުންނާއި ޓީޗަރުންނާއި މަޖިލީހުގެ އިރާދާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: