ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހުގެ ތާރީހުގައި ހުކުމް ބޮޑުވެގެން ދައުލަތުން އިސްތިއުނާފު މިކުރީ އަލަަށް، އެއީވެސް ލިވާތުގެ ހުކުމެއް: ކުރީގެ އޭޖީ އާޒިމާ

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުގެ ތާރީހުގައި ހުކުމް ބޮޑުވެގެން ދައުލަތުން އިސްތިއުނާފު މިކުރީ އަލަަށް، އެއީވެސް ލިވާތުގެ ހުކުމެއްކަމަށް ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގި މައްސަލަގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހުމާނު ރަފީއުއަށް ކުރި ހުކުމް ބޮޑުވުމުން, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ކުރުމަށް ނިންމުމާއި ގުޅިގެން، ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އާޒިމާ ޝުކޫރު ވިދާޅުވީ ހުކުމެއް ބޮޑުވެގެން ދައުލަތުން އަލަށް ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހުކުމް އިސްތިއުނާފު ކޮށްފިކަމަށެވެ. އަދި އެއީވެސް ލިވާތުކުރިކަން ނުވަތަ އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުން ސާބިތުވީ މީހަކަށްކަމަށް ފާހަގަކޮށް މަލާމާތުގެ ރާގެއްގައި ވިދާޅުވެފައިވަނީ މިއީ ޒުވާން ޖީލަށް ލިބިގެންދިޔަ ވަރަށް ރީތި މެސެޖެއްކަމަށެވެ.

ގާނޫނޫލްއުގޫބާތުގެ ދަށުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލި ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްކަމުގައިވާއިރު، މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރިއްޔާތުގައެވެ.

 ތަހުގީގް މަރުހަލާއިން ފެށިގެން ރަފީއު އޭނާ ކުށަށް އިއުތިރާފްވެފައިވާތީ، ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކޮށް ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ރަފީއު ބަންދުކޮށްދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށްކަމުން، އެކަމުގެ ސަބަބު ހާމަކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ހުކުމާ މެދު ހިތްހަމަނުޖެހޭތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފޭސްބުކުގައި އާޒިމާ ހިއްސާކުރެއްވި ޕޯސްޓް.

މީގެ އިތުރުން އާޒިމާ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދަށްވެސް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: