ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ވައުދުތައް ފުއްދޭނީ އާޒިމާ ހޮވައިގެން، ފިތުނަވެރިކަމަށް ޖާގަ ދީގެން ނުވާނެ: އަބްދުލްރަހީމް

އަބްދުއްރަހީމް އާޒިމާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދަވަން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ގާބިލް ބޭފުޅަކީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ބޭއްވި އާޒިމާގެ ކެމްޕެއިން ޖަލްސާގައެވެ.

މިހާ ހިސާބަށް އައިރު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ރަނުން ރަނަށް ކުރައްވާފައިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒުގެ މަސައްކަތްތަކަށް އެމްޑީޕީއިން ހުރަސް އަޅާކަމަށް ފާހަގަކޮށް، މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީއަށް އަބްދުލްރަހީމް ފާޑު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ ފުށިދިއްގަރުފަޅު މަޝްރޫއުއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުގައި ހިމެނުމުން އެމްޑީޕީގެ މެޖޯރިޓީއިން އެ ފައިސާ އުނިކޮށްފައިވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އެމްޑީޕިއަކީ ރައްޔިތުންނާއިމެދު ވިސްނާ ޕާޓީއެއް ނޫންކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ އެ ޕާޓީއިން ނެރޭ ކެންޑިޑޭޓަކަށް ވޯޓުދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ. ބަޖެޓު ނުދިނީކަމަށް ވިދާޅުވެ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަކީ ރައީސް މުއިއްޒުއަށް އޮތް ޗޮއިސްއެއް ނަމަވެސް، އެމަނިކުފާނުގެ އޮތީ އިހުލާސްތެރި ނިޔަތެއްކަމަށް ވިދާޅުވިއެވެ. އަބްދުލްރަހީމް ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ.

ނަމަވެސް އިހްލާސްތެރި ނިޔަތަކާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހުގައި ވެރިކަމަށް ވަޑައިގަތް ބޭފުޅަކަށްވާތީ ރައީސް މުއިއްޒު ނިންމެވީ ބަޖެޓުން ޖާގަ ނުދިނީމަ ދެން އެކަން ކުރެވޭނެ ގޮތެއް ހޯއްދަވައިގެން ވެސް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މިފަދަ ސަބަބުތަކަށްޓަކައި ރައީސް މުއިއްޒުއަށް އެއްބާރުލުން ދޭނެ މޭޔަރަކު ހޮވުމަކީ މުހިންމުކަމެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މުހިންމީ ގުޅިގެން މަސައްކަތް ކުރެވޭނެ ބޭފުޅަކު އިންތިހާބު ކުރުންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ  ރައީސް މުއިއްޒުގެ ތަސައްވުރުގައި ކުލަ ޖެހި، ވައުދުތައް ފުއްދޭނީ މި މަގުންކަމަށާއި، އަދި ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް މުހިންމުކަމަށެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ ހަސަދަވެރިކަމާއި ފިތުނަވެރިކަމުން މާލެ ސަލާމަތް ކުރަންޖެހޭކަމަށެވެ. އޭގެ ބަދަލުގައި މާލެއަކީ ތަރައްގީވެފައިވާ ތަނަކަށް ހަދަންޖެހޭކަމަށާއި، އިސްކަންދޭންވީ ފުދުންތެރިކަމަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: